ގޭންގަކުން 18 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށްފި

5 މީހުންގެ ގޭންގަކުން 18 އަހަރުގެ އަންހެންކުއްޖަކު ރޭޕްކޮށްފިއެވެ. މި ޙާދިސާ ހިނގާފައިވަނީ މަދްޔަ ޕްރަދޭޝްގެ ހިސާބެއްގައެވެ. މަދްޔަ ޕްރަދޭޝްގެ ޕޮލިސްއިން އޮންލައިން ބޭރުގެ އޮންލައިން ނޫސްތަކަށް މަޢުލޫ...

20 Jan 2021 | 15:45

5 މީހުންގެ ގޭންގަކުން 18 އަހަރުގެ އަންހެންކުއްޖަކު ރޭޕްކޮށްފިއެވެ.

މި ޙާދިސާ ހިނގާފައިވަނީ މަދްޔަ ޕްރަދޭޝްގެ ހިސާބެއްގައެވެ.

މަދްޔަ ޕްރަދޭޝްގެ ޕޮލިސްއިން އޮންލައިން ބޭރުގެ އޮންލައިން ނޫސްތަކަށް މަޢުލޫމޫތު ޙިއްސާކޮށްފައިވާ ގޮތުގައި މިކަން ހިނގާފައިވަނީ އަންހެން ކުއްޖާ ޓިއުޝަނުން ގެއަށްދިޔަ މަގުމަތީގައެވެ. އަދި އެކުއްޖާ ކިޑްނެޕްކޮށްގެން ގެންގޮސް 5 މީހުންވެގެން އެ އަންހެންކުއްޖާ ރޭޕްކޮށް އަންދާލަންވެސް އުޅެފައިވާކަމަށް ވެއެވެ.

އަދި ރޭޕް ކުރުމަށް ފަހު ވަރަށް އަނިޔާވެރިކޮށް ހިތައި ބަގިރަތްޕޫރާ ރެއިލްވޭ ސްޓޭޝަން ކައިރިއަށް ވަނީ އެ ކުއްޖާ އެއްލާލާފައެވެ.

އެހެން ނަމަވެސް މި މައްސަލައާ ގުޅިގެން ފުލުހުން އެތަނުގެ ފުލުހުން ބުނެފައިވަނީ އަދި އެކަމުގެ އެއްވެސް ހެއްކެއް ލިބިފައިނުވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް