އަކްޝޭ އެންމެ ފުރަތަމަ ޑޭޓް ކުރި ކުއްޖާ އޭނާއާ ރުޅިވީ އަކްޝޭ މާ ބޮޑަށް ލަދުގަންނާތީ ކަމުގައި އަކްޝޭ ބުނެފިއެވެ.
މި ވާހަކަ އަކްޝޭ ޙިއްސާ ކޮށްފައިވަނީ ކަޕިލް ޝަރްމާ ޝޯރގައެވެ. ޝޯގައި ޝަރްމާ އަކްޝޭއާ ސުވާލުކުރީ މުޅި ދިރިއުޅުމުގައިވެސް އޭނައަށް ދަސްވި ކަމެއް ބުނުމަށެވެ. އަދި މިހެން ބުނުމުން އަކްޝޭ ވަނީ އެ ވާހަކަ ކިޔައިދީފައެވެ.
އަކްޝޭ ކިޔައިދީފައިވާ ގޮތުގައި އެ އަންހެން ކުއްޖާ ބޭނުންވީ އަކްޝޭ އޭނާ ގައިގައި އަތް ލުމަށާއި އަދި ކައިރިވުމަށެވެ. އެހެން ނަމަވެސް އެކަން އޭނާ ނުކުރުމުން ދޫކޮށްލާފައި ދިޔައީ ކަމުގައެވެ.
އަކްޝޭ އާއި ޓްވިންކަލް ޚަންނާގެ ކައިވެންޏަށް 20 އަހަރު ފުރުން މި ހިނގާ ޖެނުއަރީ މަހުގެ 11 ވަނަ ދުވަހުގައި ވަނީ ފާހަގަކޮށްފައެވެ. ފިލްމު ކުޅުމުގެ އިތުރުން އަކްޝޭއަކީ ވަރަށް މީރުކޮށް ކައްކާވެސް މީހެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް