"ރިޔައްޓޭ ހުޅުމާލެ" ނަމަކަށް ކިޔާ 3000 އަށް ވުރެން ގިނަ މީހުން ލައިކް ދީފައިވާ ފޭސްބުކް ޕޭޖެއްގައި މީގެ 2 ގަޑިއިރުކުރިން, މިއަދު ހަވީރުގެ ވަޤުތެއްގައި ޕޯސްޓް ކޮށްފައި އިން ފޮޓޯއެކެވެ. ކެޕްޝަންގައި ލިޔެފައިވަނީ "އަވަސްކުރަން ހަދައިގެން ޖީންސް ލާން ހަނދާން ނެތުނީ" މިހެންނެވެ.
ފޮޓޯގައި ފެންނަނީ ދެ ދިވެހިންކަމަށް ލަފާކުރެވޭއިރު މިއީ ހުޅު މާލޭ މަގުމަތީގައި ނަގާފައިވާ ފޮޓޮއެއް ކަމަށްވެސް ލަފާކުރެވެއެވެ.
އެގޮތުން ފޮޓޯއިން ފެންނަ 2 އަންހެނުންވެސް ތިބީ ލަކުޑި ކުލައަކަށް ދާ ކުލައެއްގެ ބުރުގާ އަޅާފައެވެ. ތަފާތަކީ އެކަކު އަތް ދިގު ހެދުން ލާފައި ހަރުވާޅު/ޖީންސް ލާފައި ހުރިއިރު، އަނެއް އަންހެނާ ހުރީ ފައި ފަލަ މަސްގަނޑާ ހަމައަށް އަރާ ކުރު އަދި ހެދުމުގެ އަތްވެސް އަތުގެ އުޅަންބޮށްޓަށްވުރެން ކުރުކޮށް ހުރި ހެދުމެއްލައި, ތިރިން ހަރުވާޅު/ޖީންސް ނުލައި ކަމެވެ.
ފޮޓޯއަށް ވަރަށް ގިނަ ދިވެހީން ކޮމެންޓްކޮށްފައިވާއިރުގައި ބައެއް މީހުން ބުނަނީ އަވަސް ކުރަން ހަދައިގެން އަތް ކުރު ހެދުމެއް ލެވުނީ ކަމަށެވެ. އަނެއް ބަޔަކު ބުނެފައިވަނީ ހަނދާންނެތިގެން ބުރުގާ އެޅިފައި ކަމަށެވެ.
މި ފޮޓޯއަށް ވަރަށް ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާއިރުގައި މި ފޮޓޯގެ އަސްލު ޙަޤީޤަތަކީ ކޮބައިކަމެއް އަދި އެނގިފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް