ކޯވިޑް-19ގެ ވެކްސިން ގަތުމަށް ސިންގަޕޫރުގެ އެސްޓްރާޒެނެކާ އާއި އެކު ރާއްޖެއިން ސޮއިކޮށްފި އެވެ.
މިކަން ހާމަކުރެއްވީ ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ތަރުމަނާނު ޑރ. ފާތިމަތު ނަޒްލާ ރަފީގެވެ. އޭނާ ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ރާއްޖެއަށް ހަތް ލައްކަ ޑޯޒު ވެކްސިން ފޯރުކޮށްދޭޭނެ ކަމަށެވެ.
އެކަމަކު މި ވެކްސިން ލިބޭނެ ދުވަހެއް އަދި އިތުރު ތަފްސީީލެއް ޑރ. ނަޒްލާ ހާމައެއް ނުކުރައްވަ އެވެ.
އޭނާ ވިދާޅުވީ އިންޑިއާއިން ދިން ވެކްސިނާއި އެސްޓްރާޒެނެކާއިން ގެންނަ ވެކްސިންގެ އިތުރުން ޑަބްލިއުއެޗްއޯގެ ކޯވިކްސް ފެސިލިޓީގެ ދަށުން ލިބޭ ވެކްސިން އަކީ މިހާރު ރާއްޖެއަށް ޔަގީންވެފައިވާ ވެކްސިން ތަކެކެވެ. އޭގެ ތެރެއިން އިންޑިއާއިން ދޭ ވެކްސިންގެ އެއް ލައްކަ ޑޯޒުގެ ވެކްސިން މިއަދު ވަނީ ރާއްޖެ ގެނެސްފައި އެވެ.
އެކުންފުނިން ވެކްސިން ގަތުމަށް ނިންމާފައިވާކަން ފިނޭންސް މިނިސްޓްރީން ހާމަކުރައްވާފައިވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހުއެވެ
މިވެކްސިނަކީ މިވަގުތު ތައްޔާރުކޮށްފައިވާ ވެކްސިންތަކުގެ ތެރެއިން އެންމެ އެކަށޭނެ އަދި ރައްކާކުރުމަށް އެންމެ ފަހި ވެކްސިން ކަމުގައި ދުނިޔޭގެ ގިނަ ޤައުމުތަކުންވެސް ފާހަގަކުރެއެވެ. އެގޮތުން މިވެކްސިންއާއި އެންމެ ވާދަވެރިކޮށް ބާޒާރަށް ނެރުމަށް މަސައްކަތްކުރަމުން އަންނަ ފައިޒާ ވެކްސިންއާއި ޚިލާފަށް، މިވެކްސިން ޢާއްމު ފިނިހޫނުމިނުގައި ރައްކާކުރެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް