ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ ގަވަރނިންގ ބޯޑް ރައީސް އެކުލަވައިލައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ ގަވަރނިންގ ބޯޑް މިއަދު އެކުލަވައިލައްވައި، އެ ބޯޑަށް މެންބަރުން ޢައްޔަންކުރައްވައިފިއެވެ. މި ގޮތުން ބޯޑުގެ މެންބަރ...

20 Jan 2021 | 13:34

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ ގަވަރނިންގ ބޯޑް މިއަދު އެކުލަވައިލައްވައި، އެ ބޯޑަށް މެންބަރުން ޢައްޔަންކުރައްވައިފިއެވެ. މި ގޮތުން ބޯޑުގެ މެންބަރުކަމުގެ މަޤާމަށް ހަ ބޭފުޅަކު ވަނީ ޢައްޔަންކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބޯޑު އެކުލަވައިލައްވާފައި ވަނީ ތިރީގައި މި ދަންނަވާ ބޭފުޅުންގެ މައްޗަށެވެ:

1. އަލްފާޟިލާ އާމިނަތު ޤާސިމް (ތަރި، ހދ. ކުޅުދުއްފުށި)

2. ޑޮކްޓަރ އާމިނަތު ނަޛީރު (މ. ކެލްވީނިއާ)

3. އަލްފާޟިލާ މުއުމިނާ ޢަބްދުﷲ (ޒީނިޔާ، ދޫޑިގަން، ޏ. ފުވައްމުލައް)

4. އަލްފާޟިލް ޙަސަން ޝުޖާޢު (ހަނީމޫން، ހދ. ކުޅުދުއްފުށި)

5. އަލްފާޟިލް ޢަބްދުއްލަޠީފް ހަސަން (މަޝާއިރު، ހދ. ކުޅުދުއްފުށި)

6. އަލްފާޟިލް އަޙްމަދު ދާއޫދު (ރޯމާ، ހދ.ކުޅުދުއްފުށި)

މި ބޯޑުގެ ޗެއަރޕަރސަންގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރެއްވީ އަލްފާޟިލާ އާމިނަތު ޤާސިމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް