ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސްގެ މަޤާމަށް ބޭފުލަކު އައްޔަން ކުރައްވައިފި

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސްގެ މަޤާމަށް ބޭފުލަކު އައްޔަން ކުރައްވައިފި އެވެ. މި މަގާމަށް އައްޔަން ކުރައްވާފައިވަނީ އެ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމުގައި ހުންނެވި ގދ. ތިނަދޫ، ގެލަ، އަލްއު...

20 Jan 2021 | 13:01

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސްގެ މަޤާމަށް ބޭފުލަކު އައްޔަން ކުރައްވައިފި އެވެ.

މި މަގާމަށް އައްޔަން ކުރައްވާފައިވަނީ އެ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމުގައި ހުންނެވި ގދ. ތިނަދޫ، ގެލަ، އަލްއުސްތާޛާ އާމިނަތު ޢަބްދުﷲ ޒުހައިރު އެވެ.

ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްގެ ރައީސްގެ މަޤާމަށް އާމިނަތު ޢަބްދުﷲ ޒުހައިރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞަލިޙް މިއަދު އައްޔަންކުރެއްވީ މިއަދުއެވެ. އަދި އެ ޓްރައިބިއުނަލްގެ މެންބަރުކަމަށް އާމިނަތު ޢަބްދުﷲ ޒުހައިރު އައްޔަންކޮށްފައިވަނީ 2019 ވަނަ އަހަރުގެ މާރޗް މަހުގެ 25 ވަނަ ދުވަހު އެވެ.

އަލްއުސްތާޛާ އާމިނަތު ޢަބްދުﷲ ޒުހައިރަކީ އިނގިރޭސިވިލާތުގެ ކިންގްސްޓަން ޔުނިވަރސިޓީއން މާސްޓަރސް އޮފް ލޯސް – އެލް.އެލް.އެމް. އެމްޕްލޯއިމެންޓް ލޯ ހާސިލް ކުރައްވާފައިވާ ކަނބަލެކެވެ.

ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް އައްޔަންކުރެއްވުމާއި ހަމައަށް އޭނާ ހުންނެވީ ނޭޝަނަލް ޕޭ ކޮމިޝަނުގެ ލީގަލް ކޮންސަލްޓެންޓްގެ މަގާމުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް