ނުކިޔަވާތީ ދަރިފުޅު އަންދާލައިފި

ދަރިން މޮޅެތި ނަތީޖާ ކިޔެވުމުގައި ހޯދުމަށް ކޮންމެ މަޔަކު އަދި ބަފަޔަކުވެސް އެދެއެވެ. މިފަހަރު ހިނގާފައި މިވަނީ ވަރަށްވެސް ހިތާމަވެރި ހާދިސާއެކެވެ. އެގޮތުން ހައިދްރަބާދްގައި ހިނގާފައިވާ މި ހާދިސާގައި 1...

20 Jan 2021 | 11:31

ދަރިން މޮޅެތި ނަތީޖާ ކިޔެވުމުގައި ހޯދުމަށް ކޮންމެ މަޔަކު އަދި ބަފަޔަކުވެސް އެދެއެވެ. މިފަހަރު ހިނގާފައި މިވަނީ ވަރަށްވެސް ހިތާމަވެރި ހާދިސާއެކެވެ.

އެގޮތުން ހައިދްރަބާދްގައި ހިނގާފައިވާ މި ހާދިސާގައި 10 އަހަރުގެ ދަރިފުޅުގެ ބައްޕް ބޭނުންވީ ދަރިފުޅު ވަރަށް މޮޅަށް ކިޔެވުމަށެވެ. އެހެން ނަމަވެސް ކިޔެވުމުގައި ކާމިޔާބު ކުއްޖަކަށް ނުވިއެވެ.

މި ހަފުތާގެ އާދިއްތަ ދުވަހު ހައިދްރަބާދްގެ ކޭ.ޕީ.އެޗް.ޕީ މަގުގައި ހިނގާފައިވާ މި ހާދިސާގައި ކުއްޖާގެ ބައްޕަ ވަނީ އޭނާގެ ދަރފުޅު ގައިގައި އަލިފާން ރޯކޮށްފައެވެ.

މިހާރު މި ކުއްޖާއަށް ގާންދީ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދިޔަ ނަމަވެސް ހޮސްޕިޓަލުން މަޢުލޫމާތު ދެނީ 10 އަހަރުގެ ކުއްޖާގެ ހަށިގަނޑުގެ 60 އިންސައްތަ ވަނީ އަލިފާނުގެ ސަބަބުން އަނދާފައިކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް