ހއ. ހޯރަފުށި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު މިއަދު ވަނީ އެމް.ޓީ.ސީ.ސީ އާއި ހަވާލުކުރެވިފައެވެ.
މިއީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާންސްޓްރަކްޗަރގެ ފަރާތުން 75 ދުވަހުގެ މުއްދަތުގައި ނިންމުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންދް ކޮންޓްރެކްޓިންގް ލިމިޑެޓާ ހަވާލުކޮށްފައިވާ ޕްރޮޖެކްޓެކެވެ.
39.6 މިލިއަން ރުފިޔާގެ މި ޕްރޮޖެކްޓަގައި މިއަދު ވަނީ ސޮއި ކޮށްފައެވެ.
މި މަޝްރޫޢުގެ ދަށުން، 50 މީޓަރުގެ 5 ގްރޮއިން އާއި 30 މީޓަރުގެ 1 ގްރޮއިން ޤާއިމުކޮށް ގިރާ ސަރަޙައްދު ހިމާޔަތް ކުރެވޭނެއެވެ.
މި ކޮންޓްރެކްޓްގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާންސްޓްރަކްޗަރގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލާ ޝާނާ ފާރޫޤެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންދް ކޮންޓްރެކްޓިންގް ލިމިޑެޓްގެ ފަރާތުން މި ރަސްމިއްޔާތުގައި ބައިވެރިވެފައި ވަނީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލް އާދަމް އާޒިމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް