ފޮނަދޫގެ އިތުރު މަގުތައް ހެދުންވެސް އެމްޓީސީސީއަށް

‏ލ. ފޮނަދޫގައި އިތުރު 9 މަގު (ބަނދަރު ސަރަހައްދާއިއެކު) ތާރުއަޅައި، ފެންހިންދާ ނިޒާމު ގާއިމްކޮށް އަދި މަގު ބައްތި ޖެހުމުގެ މަސައްކަތް މިއަދު ވަނީ އެމް.ޓީ.ސީ.ސީ އާއި ހަވާލުކުރެވިފައެވެ. މިއީ މިނިސްޓްރީ...

20 Jan 2021 | 10:51

‏ލ. ފޮނަދޫގައި އިތުރު 9 މަގު (ބަނދަރު ސަރަހައްދާއިއެކު) ތާރުއަޅައި، ފެންހިންދާ ނިޒާމު ގާއިމްކޮށް އަދި މަގު ބައްތި ޖެހުމުގެ މަސައްކަތް މިއަދު ވަނީ އެމް.ޓީ.ސީ.ސީ އާއި ހަވާލުކުރެވިފައެވެ.

މިއީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާންސްޓްރަކްޗަރގެ ފަރާތުން  390 ދުވަހުގެ މުނއްދަތުގައި ނިންމުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންދް ކޮންޓްރެކްޓިންގް ލިމިޑެޓާ ހަވާލުކޮށްފައިވާ ޕްރޮޖެކްޓެކެވެ.

53,997,930.38 ރުފިޔާގެ މި ޕްރޮޖެކްޓަގައި މިއަދު ވަނީ ސޮއި ކޮށްފައެވެ.

މި މަޝްރޫޢުގެ މަޤްސަދަކީ ލ.ފޮނަދޫގައި 3.64 ކިލޯމީޓަރުގެ މަގުތަކުގައި ތާރުއަޅައި، ފެންހިންދާ ނިޒާމް ގާއިމު ކުރުމުގެ އިތުރުން، މަގު ބައްތި ޖަހައި ރަނގަޅު ފެންވަރަކަށް ހެދުމަށްޓަކައި ހިންގޭ މަޝްރޫޢުއެކެވެ.

މި ކޮންޓްރެކްޓްގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާންސްޓްރަކްޗަރގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލާ ޝާނާ ފާރޫޤެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންދް ކޮންޓްރެކްޓިންގް ލިމިޑެޓްގެ ފަރާތުން މި ރަސްމިއްޔާތުގައި ބައިވެރިވެފައި ވަނީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލް އާދަމް އާޒިމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް