މިއަދު އިންޑިއާއިން ރާއްޖެއަށް ގެނައި ކޯވިޑް-19 “ކޮވިޝީލްޑް" ގެ އެއް ލައްކަ ޑޯޒުން ވެކްސިން ދެވޭނީ ގާތްގަނޑަކަށް 50،000 މީހުންނަށް ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.
ޕީއެސްއެމްގައި ވާހަކަ ދައްކަވަމުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު މިއަދު ވިދާޅުވީ ވެކްސިން ދޭ ކޮންމެ މީހަކަށް ދެ ޑޯޒުގެ މަގުން ވެކްސިން ދެވޭނީ ގާތްގަނޑަކަށް 50،000 މީހުންނަށް ކަމަށެވެ. އޭނާ ވިދާޅުވީ އޭގެތެރެއިން ބައެއް ޑޯޒު އަތޮޅު ތެރެއަށް އުފުލުމާއި ވެކްސިން ޖެހުމުގެ މަރުހަލާގައި ބޭނުން ނުކުރެވޭ ގޮތް ވުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.
އޭނާ ވިދާޅުވީ މިއަދު ވެކްސިން ލިބުނު ނަމަވެސް މި ވެކްސިންތައް ޖަހަން ފަށާނެ ދުވަހެއް ނޭނގޭ ކަމަށެވެ.. ޑރ. ނަޒްލާ ވިދާޅުވީ ވެކްސިން ޖަހަން ފެށުމުގެ ކުރިން ވާން ޖެހޭ ވަރަށް ގިނަ ތައްޔާރީތައް އެބަހުރި ކަމަށާއި އެ މަސައްކަތްތައް މިހާރުވެސް ފެށިގެން ކުރިޔަށް ދާ ކަމަށެވެ.
އިންޑިއާއިން ރާއްޖެއަށް އެއް "ކޮވިޝީލްޑް" ގެ އެއް ލައްކަ ޑޯޒު ދިނީ ހިލޭ އެހީގެ ދަށުންނެވެ. އެ ވެކްސިން އަކީ އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ސީރަމް އިންސްޓިޓިއުޓުން އުފައްދާ އެކަމަކު އިންޑިއާގެ ވެކްސިންއެއް ނޫނެވެ.
އިންޑިއާއިން ރާއްޖެއަށް ދޭ “ކޮވިޝީލްޑް” ވެކްސިނަކީ ކޮވިޑުން ރައްކާތެރިކޮށްދިނުމުގެ ގާބިލްކަން 62-90 ޕަސެންޓަށް ހުންނަ އަދި އާންމު ވެކްސިންތައް ގެންގުޅޭ ފިނިހޫނުމިނުގައި ގެންގުޅެވޭ ވެކްސިނެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް