ކޮވިިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އިންޑިއާއިން ރާއްޖެއަށް ދޭ ވެކްސިންއާއެކު އިންޑިއާގެ ފްލައިޓް ރާއްޖެ އަތުވެއްޖެއެވެ.
ވެކްސިންގެ މި ބޯޓު މިހާރު ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާފައެވެ. ރާއްޖެއަށް ގެނެސްފައި މިވަނީ "ކޮވިޝީލްޑް"ގެ 100،000 ޑޯޒެވެ.
މި ވެކްސިން ޑޯޒްތައް ރާއްޖެ އައުމާއި ގުޅިގެން އެއާޕޯޓްގައި ހާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ރަސްމިއްޔާތުގައި ބައިވެރިވުމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދާއި ސަރުކާރުގެ އިސް ބޭފުޅުން ތިއްބެވީ ވެލާނާ އެއާޕޯޓްގައެވެ.
“ކޮވިޝީލްޑް” ވެކްސިނަކީ ކޮވިޑުން ރައްކާތެރިކޮށްދިނުމުގެ ގާބިލްކަން 62-90 ޕަސެންޓަށް ހުންނަ އަދި އާންމު ވެކްސިންތައް ގެންގުޅޭ ފިނިހޫނުމިނުގައި ގެންގުޅެވޭ ވެކްސިނެކެވެ.
އިންޑިއާ އިން ވަރަށް އަވަހަށް ރާއްޖެ އަށް ކޮވިޑް ވެކްސިން ދޭނެ ކަމަށް، ރާއްޖެ އަށް އިންޑިއާ އިން ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދިރް އާދީއްތަ ދުވަހު ވަނީ ވިދާޅުވެފަ އެވެ. އެކަމަކު އިތުރު ތަފްސީލް އެ ދުވަހު ދެއްވާފައެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް