މަގުހުރަސްކުރާ ތަނުގައި ސައިކަލު ބެހެއްޓީ އެމަރޖެންސީގައި: ފުލުހުން

ފުލުހުންގެ ސައިކަލެއް މަގުހުރަސް ކުރާ ތަނުގައި ޕާކްކޮށްފައި ހުރި ފޮޓޯއެއް މި މަހުގެ 14 ވަނަ ދުވަހު މީސް މީޑިޔާގައި ދައުރުވިއެވެ. އެކަމާ ގުޅިގެން މިއަދު ފުލުހުން ހާމަކޮށްފައި ވަނީ، އެދުވަހުގެ 14:50 ހާއ...

20 Jan 2021 | 09:50

ފުލުހުންގެ ސައިކަލެއް މަގުހުރަސް ކުރާ ތަނުގައި ޕާކްކޮށްފައި ހުރި ފޮޓޯއެއް މި މަހުގެ 14 ވަނަ ދުވަހު މީސް މީޑިޔާގައި ދައުރުވިއެވެ.

އެކަމާ ގުޅިގެން މިއަދު ފުލުހުން ހާމަކޮށްފައި ވަނީ، އެދުވަހުގެ 14:50 ހާއިރު އެދުރު ހިޔާގެ ފްލެޓެއްގައި މީހެއްގެ ގައިގައި އަލިފާން ރޯވިކަމަށް ލިބުނު މަޢުލޫމާތު ލިބުނު ކަމަށާއި، އެ ފޮޓޯއިން އެ ފެންނަނީ ހާދިސާ ހިނގިތަނަށް އެންމެ ފުރަތަމަ  ދިޔަ ފުލުހުން އިމަރޖެންސީ ހާލަތެއްގައި ސައިކަލް ޕާރކްކޮށްފައިވާ މަންޒަރު ކަމަށެވެ.

" އަލިފާނުގެ އެހާދިސާގައި މީހާގެ ހެދުމުގެ ފަސްބައިގައި އަލިފާން ހިފިނަމަވެސް ހަށިގަނޑަށް ގެއްލުމެއް ނުލިބޭކަން ފާހަގަކުރަން." ފުލުހުން އިތުރަށް ބުނެފައި ވެއެވެ.

މީގެ އިތުރުން، ރައްޔިތުންނަށް ދިމާވާ ކޮންމެ ބޮޑުކަމެއްގައި އެންމެ ފުރަތަމަ އެންމެ ގާތުން އެހީތެރިކަން ފޯރުކޮށްދިނުމަކީ ފުލުހުންގެ އެންމެ އިސް ވާޖިބުކަމުގައި އަބަދުވެސް ދެކޭނެކަމެއްކަމަށް ފުލުހުން ހާމަކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް