ދޫނި ރޯގާއިން ރައްކާތެރިވުމުގެ ގޮތުން ދޫނި ރޯގާ ފެތުރެމުންދާ ގައުމުތަކުން ރާއްޖެއަށް ދޫނި އެތެރެކުރުން ވަގުތީ ގޮތުން މަނާކޮށްފި އެވެ.
މިއީ ރައްކާތެރިކަމުގެ ގޮތުން މިނިްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާ އިން އަޅާފައިވާ ފިޔަވަޅެކެވެ.
މިގޮތަށް ގެންނަ ދޫނިތަކުގެ ސަބަބުން ރާއްޖެއަށް އެބަލި އެތެރެވިޔަ ނުދިނުމަށްޓަކައި ދޫނި ރޯގާ ފެތުރޭ ގައުމުތަކުން ރާއްޖެއަށް ދޫނި އެތެރެކުރުން މަނާކޮށްފައިވާއިރު މީގެ ކުރިން ވެސް މިނިސްޓްރީން ވަނީ މިފަދަ ފިޔަވަޅުތައް އަޅާފައެވެ.
އިނގިރޭސިވިލާތާއި އަވަށްޓެރި އިންޑިއާގައި ވެސް ދޫނި ރޯގާ އަންނަނީ ފެތުރެމުންނެވެ. އެއާއެކު އެގައުމުތަކުން ވެސް ގިނަ ދޫނިތަކެއް މެރި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް