ސިއްހީ މާހިރުން ދެއްވާ ލަަފަޔާއި އިރުޝާދާ އެއްގޮތަށް އަމަލުތައް ބެހެއްޓެވުމަށް ރައީސް އިލްތިމާސް ކުރައްވައިފި އެވެ.
އެ މަނިކުފާނު މިފަދައިން އިލްތިމާސް ކުރެއްވީ ދިވެހި ގައުމާ މުޚާތަބު ކުރައްވާ މިއަދު ވާހަކަފުޅު ދައްކަވަމުން ނެވެ.
ރައީސްވިދާޅުވީ ރާއްޖެއަށް ބޭނުންވާ ވަރަށް ކޮވިޑް ވެކްސިން ލިބޭނެކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށެވެ. އަދި މިއަދަކީ ކޮވިޑް-19 އިން ސަލާމަތްވުމުގެ އުއްމީދު އައުވާ ދުވަހެއް ކަމަށެވެ.
މީގެ އިތުރުން އިންޑިއާ އިން ކޮވިޑް-19 އިން ރައްކާތެރިވުމަށް ބޭނުންވާ ވެކްސިންގެ ފުރަތަމަ ޝިޕްމަންޓް މިއަދު ރާއްޖެ ގެނައުމުން އެގައުމުގެ ސަރުކާރަށާއި ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ރައީސް ސާލިހު ވަނީ ހިފެހެއްޓުމެއް ނެތް ޝުކުރު އަދާ ކުރައްވާފަ އެވެ. އަދި އަމާޒަކީ ރާއްޖޭގައި ދިރިއުޅޭ އެންމެންނަށް ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ހިލޭ ވެކްސިން ދިނުން ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް