ކްލިކް ކޮލެޖާއި ބައިކް މޯލްޑިވްސް އާއި ދެމެދު އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ.
މި އެއްބަސްވުމުގައި ކްލީކް ކޮލެޖުގެ ފަރާތުން ސޮއި ކުރެއްވީ އެކަޑަމިކް ޑީން، ދުންޔާ ހަމީދެވެ. ބައިކް މޯލްޑިވްސްގެ ފަރާތުން ސޮއި ކުރެއްވީ ސެކްރެޓަރީ ޖެނެރަލް އަސްމާ ހަސަން އެވެ.
މި އެއްބަސްވުމާއި ގުޅޭގޮތުން ކްލިކް ކޮލެޖުން ބުނީ އެއްބަސްވުމުގެ ދަށުން އެ ކޮލެޖުގެ ދަރިވަރުންނަށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކި ހަރަކާތް ތަކުގައި ބައިވެރި ކުރުމުގެ ފަރިތަކުރުންތައް އެކުލަވާލުމަށް ރާވާފައި ވާ ކަމަށެވެ. އަދި ބައިސިކަލް ގަތުމުގައި އިރުޝާދު ބޭނުންވާ ދަރިވަރުންނަށް ބައިކް އެސޯސިއޭޝަނުން އެހީވެދޭނެ އެވެ.
މީގެ އިތުރުން އިވެންޓެއް ބާއްވާ ނަމަ ބޭއްވުމަށް ހަމަޖެހިފައިވާ ހިސާބުތަކަށް ބައިސިކަލް އުޅަނދުތައް ގެންގޮސްދިނުމަށް ބައިކް މޯލްޑިވްސްގެ ޓީމުން އެހީ ފޯރުކޮށްދިނުމުގައި ހަރަކާތްތެރި ވާނެ ކަމަށެވެ. އެ ކޮލެޖުގެ އަމާޒަކީ ދަރިވަރުންގެ މެދުގައި ބައިސްކަލް ދުއްވުމަކީ އާއްމު ކަމެއްގެ ގޮތުގައި ތަޢާރަފުކޮށް، ފަރިތަކުރުމުމެވެ.
ބައިކް މޯލްޑިވްސް އަކީ ބައިސިކަލް ދުއްވުމުގައި 'ޔުނިއަން ސައިކްލިންގް އިންޓަނޭޝަނަލް (ޔޫސީއައިއައި) އިން ބަލައިގެންފައިވާ ރާއްޖޭގެ ރަސްމީ ފެންވަރުގެ އެސޯސިއޭޝަން އެވެ. މި އެސޯސިއޭޝަންގެ މަގުސަދަކީ ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތް ކުރުމުގެ ތެރެއިން ރައްޔިތުންގެ މެދުގައި ސިއްޙަތަށް ފައިދާހުރި އާދަތައް އަށަގެންނެވުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް