އަލީބާބާގެ ކޯފައުންޑަރ އަދި ކުރީގެ ޗެއަރމަން ބިލިއަނަރު ޖެކް މާ ގެއްލިގެން އުޅޭ ޚަބަރުތަކަށް ފަހުގައި ޖެކް މާ މިވަނީ އަނެއްކާވެސް ފެނިފައެވެ.
އެގޮތުން މި ނިމުނު އަހަރުގެ އޮކްޓޯބަރ މަހުގައި ޖެކް މާ ފެނުމަށް ފަހު މީޑިއާތަކަށް ގެއްލިފައި އަނެއްކާވެސް މި ފެނުނީ 3 މަސް ވަރަކަށް ފަހުން އޭނާ ގެއްލުނު ކަމުގެ ޚަބަރު މުޅި ދުނިޔޭގައި ފެތުރިފައިވަނިކޮށެވެ.
އެގޮތުން ޖެކް މާ މިވަނީ ބުދަ ދުވަހު ލައިވް ސްޓްރީމްކޮށް އިވެންޓެއް ހޯސްޓްކޮށްފައެވެ.
އެހެން ނަމަވެސް އޮންލައިންކޮށް ކުރިއަށް ގެންދެވުނު މި އިވެންޓްގައި ޖެކް މާ ގެއްލުނު ވާހަކައާމެދު އެއްވެސް ކަމެއް އޭނާ ޙިއްޞާކޮށްފައެއް ނުވެއެވެ
މާ އަކީ ޗައިނާގެ އެންމެ މުއްސަނދި މީހާގެ އިތުރުން އަދި ދުނިޔޭގަވެސް އެންމެ މުއްސަނދި މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް