ތިލަފުށީ ބަނދަރު ރިހެބިލިޓޭޓް ކުރުމުގެ މަޝްރޫއުގެ މުހިންމު މަސައްކަތްތައް ފެށިއްޖެ

ތިލަފުށީ ބަނދަރު ރިހެބިލިޓޭޓް ކުރުމަށް ކުރިޔަށް ގެންދާ މަޝްރޫއުގެ ދަށުން އެ ސަރަހައްދުގައި ހަދާ މުހިންމު އިމާރާތްތަކުގެ މަސައްކަތްތައް ފަށައިފި އެވެ. މި މަޝްރޫއު ކުރިޔަށް ގެންދަނީ އެމްޓީސީސީން ނެވެ. އ...

20 Jan 2021 | 07:56

ތިލަފުށީ ބަނދަރު ރިހެބިލިޓޭޓް ކުރުމަށް ކުރިޔަށް ގެންދާ މަޝްރޫއުގެ ދަށުން އެ ސަރަހައްދުގައި ހަދާ މުހިންމު އިމާރާތްތަކުގެ މަސައްކަތްތައް ފަށައިފި އެވެ.

މި މަޝްރޫއު ކުރިޔަށް ގެންދަނީ އެމްޓީސީސީން ނެވެ. އެ ކުންފުނިން ބުނީ މިހާރު ކުރަމުންދަނީ ވޯކްޝޮޕް އިމާރާތާއި ސިވިލް އަދި ދަނގަޑު މަސައްކަތް ކުރުމަށް ގާއިމުކުރާ އެޑްމިނިސްޓްރޭޓިވް އިމާރާތުގެ ސްޓްރަކްޗަރަލް މަސައްކަތްތައް ކަމަށެވެ.

އެމްޓީސީސީން ބުނީ ދުއްވާ ސަރަޙައްދު ގާއިމުކުރުމަށްޓަކައި ބޭނުންވާ ހޮޅިވަޅުލުމާއި ކޮންކްރީޓް މަސައްކަތްތައް މިހާރު ވަރަށް ބާރަށް ކުރިޔަށް ދާ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، ތިލަފުށީ ބަނދަރު ސަރަހައްދުގައި ފެންހިންދާ ނިޒާމެއް ގާއިމުކުރުމަށް ހަމަޖެހިފައިވެ އެވެ. އަދި އެޑްމިނިސްޓްރޭޓިވް އިމާރާތެއް އަޅާނެ އެވެ.

މީގެ އިތުރުން ދުއްވާ ސަރަޙައްދެއް ގާއިމުކުރުމާއި، ފެން ރައްކާކުރާ ތަނެއް ޤާއިމުކުރުމަށް ހަމަޖެހިފައިވެ އެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫއު އެއްކޮށް ނިމޭއިރު ވެހިކަލް ޕާކް ކުރާ ތަނެއް ގާއިމުކުރުމާއި، ވޯކްޝޮޕް އިމާރާތެއް އެޅުމާއި، ފިއުލް ޓޭންކް ސްޓޭޝަންއެއް ގާއިމް ކުރާނެ ކަމަސެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް