ފުވައްމުލަކު ދަޑިމަގު ކުޅި ސަރަހައްދުގައި އަލިފާން ރޯވެއްޖެ

ފުވައްމުލަކު ސިޓީ ދަޑިމަގު ކުޅި ސަރަހައްދުގައި އަލިފާން ރޯވެއްޖެ އެވެ. އެމްއެންޑީއެފް އިން ބުނީ އެ ސަރަހައްދުގައި އަލިފާން ރޯވި ކަމުގެ ރިޕޯޓު ކުރީ މިއަދު 12:15 ހާއިރު ކަމަށެވެ. އެމްއެންޑީއެފް ސަދަން އ...

20 Jan 2021 | 07:42

ފުވައްމުލަކު ސިޓީ ދަޑިމަގު ކުޅި ސަރަހައްދުގައި އަލިފާން ރޯވެއްޖެ އެވެ.

އެމްއެންޑީއެފް އިން ބުނީ އެ ސަރަހައްދުގައި އަލިފާން ރޯވި ކަމުގެ ރިޕޯޓު ކުރީ މިއަދު 12:15 ހާއިރު ކަމަށެވެ. އެމްއެންޑީއެފް ސަދަން އޭރިޔާ ފަޔާ އެންޑް ރެސްކިއު ޓީމުން މިހާރު ދަނީ އެ ސަރަހައްދުގައި ރޯވި އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް ކުރަމުންނެވެ.

އެމްއެންޑީއެފުން ބުނީ ރޯވެފައިވަނީ އެ ސަރަހައްދުގެ ހުއި ތަކުގައި ކަމަށެވެ.

މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށް ބުނެ އެވެ.

މި އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައިވަނީ 1:37 ހާއިރު އެވެ.

އެމްއެންޑީއެފުން ބުނީ އެ ސަރަހައްދުގައި އަލިފާން ރޯވާން ޖެހުނު ސަބަބު ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް