މޯލްޑިވްސް ވޯޓާ އެންޑް ސެވްރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ އާ ލޯގޯ އިފްތިތާހު ކޮށްފިއެވެ. މި ކުންފުނިން އާ ލޯގޯ އިފްތިތާހު ކޮށްފައި ވަނީ، އެ ކުންފުންޏަށް 25 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި އެ ކުންފުނީގެ އާ ލޯގޯ އިފްތިތާޙު ކޮށްދެއްވާފައި ވަނީ އެ ކުންފުނީގެ ޗެއަރމަން އަލްފާޟިލް އަހުމަދު މައުސޫމުއާއި މެނޭޖިންގް ޑިރެކްޓަރ އަލްފާޟިލް ހަސަން ޝާހުއެވެ.
އެމްޑަބްލިޔުއެސްސީގެ އައު ލޯގޯ ގައިވަނީ ކުރީގެ ލޯގޯ ގައިވާ ކުލަތަކާއި ޓައިޕޯގްރަފީ ޒަމާނީ ކުރެވިފައެވެ. މިކަން ރަމްޒުކޮށްދެނީ ކުންފުނިން ދޭ ޚިދުމަތްތައް ފުޅާވެ، އިތުރު ދާއިރާ ތަކުގައި އެމް.ޑަބްލިޔު.އެސް.ސީ އިން ފައިތިލަ ސާބިތުކޮށް ކުރިއަރައިގެން ގޮސްފައިވާ މިންވަރެވެ.
ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔަށް ފެނާއި ނަރުދަމާގެ ޚިދުމަތްތައް ފޯރުކޮށްދޭ ޔުޓިލިޓީ ކުންފުންޏެއްގެ އިތުރުން، މިއަދު އެމް.ޑަބް.ލިޔު.އެސް.ސީ. އަކީ ރާއްޖޭގެ ނިސްބަތުން ފުޅާ ދާއިރާއެއްގައި އިންޖީނިއަރިންގ، މެނުފެކްޗަރިންގ އަދި ޓްރޭޑިންގ ދާއިރާއިންވެސް ފާހަގަ ކޮށްލެވޭ ކުންފުންޏެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް