ބޮލީވުޑްގައި ކުރިއަރަމުން އަންނަ ބަތަލާ ސާރާ އަލީ ހާން ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުން އެބަދެ އެވެ.
މީގެ ކުރިންވެސް އެތައް ފަހަރަކު އެކަނި އަދި އާއިލާ އާއި އެކު ސާރާ ރާއްޖެ އައިސްފައިވެ އެވެ. މިފަހަރު ޗުއްޓީ ހޭދަ ކުރަން އައީ ކޮން ބަޔަކާއި އެކު ކަމެއް ނޭނގެ އެވެ.
ސާރާ ޗުއްޓީ ހޭދަ ކުރަމުން ދަނީ ދަ ސެއިންޓް ރިޖިސް ވޮއްމުލި ރިސޯޓުގައި އެވެ. ޗުއްޓީގައި ނަގާފައިވާ ހިތްގައިމު ފޮޓޯތަކެއް އޭނާގެ ރަސްމީ އިންސްޓަގްރާމް ޕޭޖުގައި ވަނީ ސަޕޯޓަރުންނާއި ހިއްސާ ކޮށްފައި އެވެ.
އެ ފޮޓޯތައް ހިއްސާ ކުރުމަށް ފަހު ބުނެފައިވަނީ ވެއްޔާއި އަވީގައި ޖެހިލަނީ ކަމަށެވެ. ސާރާ ރާއްޖޭގައި ނަގާފައިވާ ފޮޓޯތަކަށް އެއް މިލިއަނަށް ވުރެ ގިނަ މީހުން ލައިކް ދީފައިވެ އެވެ.
އެންމެ ފަހުން ސާރާ ފެނިގެން ދިޔައީ މިދިޔަ މަހު25 ވަނަ ދުވަހު ރިލީޒް ކުރި "ކޫލީ ނަމްބަރު 1" އިންނެވެ. އޭނާގެ ކުރިޔަށް ހުރި ފިލްމުތަކުގެ ތެރޭގައި އަކްޝޭ ކުމާރާއި އެކު ފެނިގެންދާ "އަތްރަންގީ ރޭ" ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް