ސްޕެނިޝް ސުޕަރ ކަޕުގެ ފައިނަލުގައި ބިލްބާއޯ އާއި ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗުގައި ބިލްބާއޯގެ ވިޔަލިބްރޭ އަށް ދިން ހަމަލާއާއި ގުޅިގެން ލިއޮނަލް މެސީ ދެ މެޗަށް ސަސްޕެންޑް ކޮށްފިއެވެ.
ސްޕެނިޝް ސުޕަކަޕްގެ ފައިނަލް މެޗުގެ 120 ވަނަ މިނަޓްގައި ބޯޅަ ނެތީސް ބިލްބާއޯގެ ވިޔަލިބްރޭ އަށް މެސީ ހަމަލާ ދީފައިވާއިރު، އޭނާއަށް ވަނީ ސީދާ ރަތްކާޑެއް ވެސް ދައްކާފައެވެ. ވީއޭއާރު މެދުވެރިކޮށް މި މައްސަލަ ބެލުމަށްފަހު މެސީއަށް ރަތްކާޑު ދެއްކާފައިވާއިރު މެޗުގެ ރެފްރީ ބުނެފައިވަނީ ބޯޅާ ކުޅެވޭ ހިސާބަށްވުރެ ދުރުގައި އޮއްވާ އިދިކޮޅު ކުޅުންތެރިޔާގެ ގައިގައި ޤަސްތުގައި މެސީ ޖެހުމުގެ ސަބަބުން ރަތްކާޑު ދެއްކީކަމަށެވެ.
މެޗުގެ 90 މިނެޓްގެ ކުޅުން ނިމުނުއިރު ދެ ޓީމު ވެސް އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށް ދެން ކުޅުނީ 15 މިނެޓްގެ ދެ ހާފެވެ. އެގޮތުން އެ ދެ ހާފްގެ ތެރެއިން ފުރަތަމަ ހާފްގެ ކުރީކޮޅު އިނާކީ ވިލިއަމްސް ވަނީ ހިތްގައިމު ގޯލެއް ކާމިޔާބުކޮށް ބިލްބާއޯ މި މެޗުން މޮޅުވި ގޯލު ކާމިޔާބުކޮށްދީފައެވެ.
މި ގޯލާއެކު ބާސާ އިން ނަތީޖާ އެއްވަރުކުރަން މަސައްކަތް ކުރަމުންދަނިކޮށް އެޓީމަށް އިތުރު މައްސަލަތަކެއް ކުރިމަތިވީ މެޗުގެ ފަހު ވަގުތުކޮޅުތެރޭ ކެޕްޓަން ލިއޮނަލް މެސީ އަށް ރަތްކާޑު ދެއްކުމުންނެވެ. މެސީ އަށް ރަތްކާޑު ދެއްކީ ބިލްބާއޯގެ ކުޅުންތެރިއަކަށް ހަމަލާދިނުމުންނެވެ.
މެސީ ކުރި ނުރައްކާތެރި މި ފައުލާއި ގުޅީގެން އޭނާއަށް ރަތްކާޑެއް ދައްކާފައިވާއިރު، މިއީ އޭނާގެ ކެރިއަރުގައި ބާސެލޯނާއަށް ކުޅެނިކޮށް ދެއްކި ފުރަތަމަ ރަތްކާޑެވެ. މެސީ ވަނީ މިހާތަނަށް ބާސެލޯނާއަށް 745 މެޗު ކުޅެދީ 455 ގޯލު ޖަހައިދީފައެވެ.
ސްޕެނިޝް ސުޕަރ ކަޕުގެ ފައިނަލުން ބާސެލޯނާ ބަލިވެފައިވަނީ އެތުލެޓިކް ބިލްބާއޯ އާއި ދެކޮޅަށް ކުޅެ 2-3 ގެ ނަތީޖާ އަކުންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ކުޑަ ވަގުތުކޮޅަށްވެފައިވަނީ އެތުލެޓިކް ކްލަބުން ލަނޑެއްޖަހައި 2-2 ކުން ނަތީޖާ ހަމަހަމަކޮށްފައިވާއިރު، އެތުލެޓިކުން މޮޅުވި ލަނޑު ޖަހާފައިވަނީ އިތުރު ވަގުތުގެ ދެހާފުގެ ތެރެއިން ފުރަތަމަ ހާފުގެ ވަރަށް ކުރީކޮޅުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް