ޝައިތާނާ އަކީ މުޢުމިނު އަޅުތަކުން މަގުފުރެއްދުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަ ނުބައިކަން ބޮޑު އެއްޗެކެވެ. އެ ޝައިތާނާ އެންމެ ހިނދުކޮޅަކަށް ވެސް މުޢުމިން އަޅާ ދޫކޮށްނުލާ ވަސްވާސްތައް ދެމުންގެންދެއެވެ.
އަޚާ އެވެ! ދަންނަ އެވެ! ވަސްވާސްތަކާއި އަދި ޝައްކު އުފެއްދުމުގައި ޝައިޠާނާ ކެނޑިނޭޅި މުއުމިނު އަޅާގެ މައްޗަށް މަސައްކަތް ކުރާނެ އެވެ. އެހެން ކަމުން ޥައިތާނާގެ މަޅިން ސަލާމަތްވެ ހުރުމަކީ ކޮންމެހެންވެސް މުހިންމު ކަމެކެވެ.
އެގޮތުން މި ލިޔުމުގައި މި ބަލާލަނީ މުޢުމިން އަޅާ ރޭގަނޑު ނިދަން އޮށޯތުމަށްފަހު މި ނުބައިވެގެންވާ ޝައިތާނާ މުޢުމިން އަޅާގެ ފުއްކިބައިގައި ޖަހާ 3 ގޮށެއްގެ ވާހަކައެވެ.
މުޢުމިން އަޅާ ރޭގަނޑުގެ އަރާމު ނިންޖައް ބޭނުންވެ ނިދަން ތަންމަތީގައި އޮށޯންހިނދު، ޝައިތާނާ އެ އިންސާނާގެ ބޮލުގެ ފުއްކިބައިގައި 3 ގޮށެއް ޖަހައެވެ. ޝައިތާނާ ޖަހާ މި ގޮށްތަކުން ސަލާމަތް ނުވެވި އަނެއް ދުވަހާއި ކުރިމަތިލާ މީހުންނަށް އެއްވެސް ރައްކާތެރިކަމެއް ނެތެވެ. އެހެން ކަމުން މުޢުމިން އަލާ ނިދަން ތަންމަތީގައި އޮށޯންނަ ހިނދު އެ ޝައިތާނާ ޖަހާ ތިންގޮށުން ސަލާމަތްވެ ދުވަހާއި ކުރިމަތިލުމަކީ އެ ދުވަހުގެ ބަރަކާތާއި ބާއްޖަވެރިކަމާއި ރައްކާތެރިކަން މުޢުމިން އާޅާއް ލިބޭ ކަމެކެވެ.
ޝައިތާނާ ޖަހާ ތިން ގޮޑުން ސަލާމަތްވާނެ ގޮތް
ނިދިން ހޭލައިގެން ޒިކުރުކުރުމުން ފުރަތަމަ ގޮށް މޮހިދެއެވެ.
ފަތިސް ނަމާދަށް ވުޟޫކުރުމުން ދެވަނަ ގޮތް މޮހިގެންދެއެވެ.
އަދި ފަތިސް ނަމާގު ކުރުމުން ތިންވަނަ ގޮށް މޮހިގެން ދެއެވެ.
އެހެން ކަމުން ޝައިތާނާގެ ކިބައިން ސަލާމަތްވެރ ރައްކާތެރިކަން ބޭނުންވާނަ މިކަންތައް ފުރިހަމަ ކުރަން ޖެހެއެވެ. ސަލާމަތާއި ރައްކާތެރިކަން ލިބޭނީ އޭރުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް