އިތުރު 30 މީހުން ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ

އިތުރު 30 މީހަކު މިއަދު ރާއްޖެއިން ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.. މިއަދު މާލެއިން ޕޮސިޓިވްވެފައިވަނީ 10 މީހުންނެވެ. އަތޮޅު ތެރޭގެ ރަށްތަކުން ހަ މީހަކު ޕޮސިޓިވްވެފައިވާއިރު ދެން ޕޮސިޓިވްވެފައިވަ...

19 Dec 2020 | 18:32

އިތުރު 30 މީހަކު މިއަދު ރާއްޖެއިން ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ..

މިއަދު މާލެއިން ޕޮސިޓިވްވެފައިވަނީ 10 މީހުންނެވެ. އަތޮޅު ތެރޭގެ ރަށްތަކުން ހަ މީހަކު ޕޮސިޓިވްވެފައިވާއިރު ދެން ޕޮސިޓިވްވެފައިވަނީ ތަރައްގީ ކުރަމުންދާ ރަށްތަކުން ހަތް މީހަކާއި އޮޕަރޭޓް ކުރާ ރިސޯޓުތަކުން ފަސް މީހެއްގެ އިތުރުން ސަފާރީއަކުން މީހެކެވެ.

މިއަދު ކޯވިޑަށް 3،768 ސާމްޕަލް ޓެސްޓުކޮށްފައިވެ އެވެ.

މިވަގުތު ކޯވިޑް-19 އަށް ފަރުވާ ދެމުން ދަނީ 541 މީހުންނަށެވެ. އޭގެ ތެރެއިން 47 މީހަކަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެންނެވެ.

ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވި މީހުންގެ އަދަދު މިއަދު ވަނީ 12،878 އަށް އަރާފައި އެވެ. މި ބަލީގައި މަރުވެފައިވަނީ48 މީހުންނެވެ.

ރާއްޖެއިން މިހާތަނަށް ކޯވިޑް-19 އަށް ޕޮސިޓިވްވީ 13،474 މީހުންނެވެ.

https://twitter.com/HPA_MV/status/1340340980000694276

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް