ލ. ފޮނަދޫ ގައި މިރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.
މި އެކްސިޑެންޓު ހިނގާފައިވަނީ ފޮނަދޫ ބަރާސިލް އަވާށާއި ދިމާ ލިންކު ރޯޑުގައި އެވެ. މި އެކްސިޑެންޓު ހިނގައިގެން އުޅޭކަން ފޮނަދޫ ކައުންސިލުގެ ނައިބު ރައީސް މޫސާ ޢަބްދުﷲ ވަނީ "ދުވަސް" އަށް ކަށަވަރު ކޮށްދެއްވާފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓު ހިނގީ ދެ ސައިކަލު ޖެހިގެންނެވެ. އެކްސިޑެންޓު ހިނގަން މެދުވެރިވީ ލިންކް ރޯޑުން އެއް ކޮޅަށް ދުއްވާފައި ދިޔަ ދެ ސައިކަލުގެ ތެރެއިން އެއް ސައިކަލު ސިގްނަލް ނާޅާ އަނެއް ސައިކަލު ކުރިމަތިން ގޯޅި އަޅަން އުޅެނިކޮށެވެ.
މި އެކްސިޑެންޓުގައި އަނެއް ސައިކަލު ދުއްވި މީހާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވެ އެވެ. އެގޮތުން ބޯ ވަރަށް ބޮޑަށް ފަޅައިގެން ގޮސް ގައިގެ އެކި ތަންތަނަށް އަނިޔާވެފައިވާ ކަމަށް މަންޒަރު ދުށް މީހަކު "ދުވަސް" އަށް މައުލޫމާތު ދެމުން ބުންޏެވެ.
އޭނާއަށް ދަނީ ގަމު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
މި އެކްސިޑެންޓާއި ގުޅޭގޮތުން ފުލުހުން އަދި އެއްޗެއް ހާމައެއް ނުކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް