ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިދިޔަ އަހަރުގެ ޖޫން މަހު އުފެއްދެވި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިތުރަށް ފުޅާކޮށް ރާއްޖޭގެ ފަސް ސަރަހައްދެއްގައި ރީޖަނަލް އޮފީސް ހުޅުވަން ނިންމައިފިއެވެ.
މިކަން ހާމަކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު (މޫކޭ) އެވެ.
ށ. މިލަންދޫ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމަށް މިއަދު ފެށި ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މޫކޭ ވިދާޅުވީ މި ފެށޭ އަހަރު ރާއްޖޭގެ 5 ސަރަހަށްދެއްގައި އާރުޑީސީގެ ރީޖަނަލް އޮފީސްތަކެއް ޤާއިމްކޮށް ކުންފުނީގެ މަސައްކަތްތައް އަތޮޅުތެރޭގައި ފުޅާ ދާއިރާއެއްގައި ކުރިޔަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ދިވެހި ކިޔަވާކުދިންނަށާއި މަސައްކަތުގެ ތަޖުރިބާ ހޯދަން ބޭނުންވާ ފަރާތްތަކަށް މި ކޯޕަރޭޝަނުން އިންޓާންޝިފްގެ ފުރުސަތު ވަރަށް ކައިރި މުސްތަޤްބަލެއްގައި ހުޅުވާލުމަށް ހަމަޖެހިފައިވާކަމަށާއި މިއީ އާކިޓެކްޗަރގެ ދާއިރާއިންނާއި ސިވިލް އިންޖިނިއަރިންއަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށް ލިބޭ ރަނުގެ ފުރުޞަތެއްކަމުގައި ގަބޫލުކުރައްވާކަމަށެވެ.
މޫކޭ ވިދާޅުވީ މި ފުރުސަތުގެ ބޭނުން ހިފަން ގަސްތުކުރާ މި ދާއިރާގެ އެންހެމާ ފަރާތްތަކަށް ހަމަޖެ ހިފައިވާ އުޞޫލުތަކާއެއްގޮތަށް އެފުރުޞަތު ހުޅުވިފައި ވާކަމަށާއި އަދި މި ދެންނެވި ފުރުޞަތުވެސް އަތޮޅުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ހާއްސަކޮށް ޒުވާނުންނަށް ފަހިވެގެން ދާނެކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް