ށ. މިލަންދޫގެ މަގު ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއު މިއަދު ފަށައިފިއެވެ.
520 ދުވަސްތެރޭގައި ނިންމަން އަމާޒު ހިފައި، ފަށާފައިވާ މި މަޝްރޫއަކީ 156 މިލިޔަން ރުފިޔާ ހަރަދުކޮށްގެން، އެ ރަށުގެ 6.15 ކިލޯ މީޓަރުގެ މަގު އެންމެ ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ކުރިއަށްގެންދެވޭ މަޝްރޫއެކެވެ.
މި މަޝްރޫއު ކުރިއަށްގެންދަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިންނެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު މިއަދު މިލަންދޫގައި ބާއްވާފައިވާއިރު، އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު (މޫކޭ) ވިދާޅުވީ ކޮވިޑް 19ގެ ގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ އަދި އެހެންނިހެން ދަތިތަކާއެކުވެސް މިފަދަ ބިޔަ ބޮޑު މަޝްރޫތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިޔަށް ގެންދިއުމަކީ އަދުގެ ސަރުކާރުން ހާއްސަކޮށް ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ ދުރު ވިސްނުންފުޅާ ޤައުމީތަރައްޤީއަށް އަދި ހާއްސަކޮށް އަތޮޅުތަކުގެ ތަރައްޤީއަށް ދެއްވާ އަހަންމިއްޔަތުކަމުގެ އަލިގަދަ ހެއްކެއް ކަމަށެވެ.
"މިލަންދޫގެ މަގު ހެދުމުގެ މަ ޝްރޫއަކީ ދިވެހި ސަރުކާރުން ގާތްގަނޑަކަށް 156.4( ސަތޭކަ ފަންސާސްހައެއް ޕޮއިންޓް ހަތަރެއް( މިލިޔަން ރުފިޔާ ޚަރަދުކުރުރައްވަ އިގެން ކުރިޔަށް ގެންދާ މަޝްރޫއެއް. މި މަޝްރޫޢުގެ ދަށުން 15.6( ހައެއް ޕޮއިންޓް އެކެއް ފަހެއް( ކިލޯ މީޓަރުގެ މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރެވިގެން ދާނެ. އަޅުގަނޑުމެންގެ އަމާޒަކީ 2021 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ނިޔަލަށް މަސައްކަތް އެއް ކޮ ށް ނިންމާ ރައްޔިތުންނަށް މި މަގުތަކުގެ ފުރިހަމަ ބޭނުން ކުރެވޭނެ އިންތިޒާމް ހަމަޖައްސައިދިނުން" އޭނާ ވިދާޅުވިއެވެ.
މޫކޭ ވިދާޅުވީ މިލަންދޫގެ މަގު ހެދުމުގެ އަމަލީ މަސައްކަތް މިއަދު ފެށިގެން ދިޔަނަމަވެސް، ވޭތުވެ ދިޔަ ދުވަސްތަކުގައި މި މަސައްކަތް ފެށުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ވަރަށް ގިނަ ކަންތައްތަކެއް ވަނި ކުރިޔަށް ގެންދެވިފައި ކަމަށާއި މިގޮތުން މަޝްރޫޢުގެ ސާރވޭއާއި ޑިޒައިންކުރުމުގެ މަސައްކަތާއި މަޝްރޫއަށް ބޭނުންވާ އީ.އައި.އޭ ގެ މަސައްކަތް ނިންމުމާއި މަސައްކަތަށް ބޭނުންވާނެ އެންމެހާ ވަޞީލަތްތަކާއި ތަކެތި ހޯދުމުގެ މަސައްކަތްވަނީ ކުރިޔަށް ގެންދެވިފައި ކަމަށެވެ.
"އަޅުގަނޑުމެންނަށް ކުރިމަތިވެފައިވާ މިވާ ހާލަތަށް ބަލާއިރު މަސައްކަތް ފެށުމުގެ ކުރިން ނިންމަންޖެހޭ މިދެންނެވި ކަންކަން ނިންމިފައިވަނީ އެކަށީގެންވާ ސްޕީޑެއްގައިކަމަށް އަޅުގަނޑު ޤަބޫލުކުރަން" އޭނާ ވިދާޅުވިއެވެ.
މޫކޭ އިތުރަށް ވިދާޅުވީ މި ވަގުތު ރާއްޖެއަށް ކުރިމަތިވެފައިވާ ބޭރުފައިސާ ލިބުމުގެ ދަ ތިކަމާއި ބަޖެޓުގެ ތާށިކަމާއެކުވެސް، މިފަދަ ބޮޑު މަޝްރޫއެއް ފެށިގެން މިދަނީ މިލަންދޫގެ ލޮބުވެތި ރައްޔިތުން އަދުގެ ސަރުކާރަށް ކުރާތާއީދާއި ސަރުކާރާއެކު ސާބިތުކަމާއެކު ތިއްބެވުމުގެ އިތުރުން، ސަރުކާރާ އެއްފިކުރެއްގެ އަދި ދާއިރާގެ މެންބަރަށް ފުރިހަމައަށް އެއްބާރުލުންދޭ ކައުންސިލެއް ރަށުގައި އޮތުމުންކަމީ ދެބަސްވެ ވެން ނެތް ހަޤީޤަތެއް ކަމަށާއި އެ ގޮތުގައި މިލަންދޫގެ ކައުންސިލާއި ރައްޔިތުން ކުރިޔަށް އޮތްތަނުގައި ވެސް ތިއްބެވުމަކި އަޅުގަނޑު އެދޭ ވަރަށް ބޮޑު އެދުމެއް ކަމަށެވެ. އެއީ ރައްޔިތުން އެދޭ ތަރައްޤީއާއި އިތުރު ކުރިއެރުންތަކާއި މިފަދަ ބިޔަ ބޮޑެތި މަޝްރޫތަށް ކުރިޔަށް އޮތްތަނުގައިވެސް އެ ރަށަށް ގެނައުމަށްޓަކައި ރައްޔިތުންގެ ފަރާތުން އޭނާ އެދޭ އެންމެބޮޑު އެދުންކަމުގައި ވެސް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް