ގަސް ހައްދާ މީހުންނަށް ޚާއްޞަކޮށް މިފަހަރު އުފައްދާފައި މި ވަނީ "ސްމާރޓް ޕޮޓް" އެކެވެ.
"ސްމާރޓް ޕޮޓް"ގައިވާ އެންމެ ޚާއްޞަ އެއް ކަމަކީ ޕޮޓްގައި އިންދާފައިވާ ގަހަށް ފެން ބޭނުންވަންޏާ ނުވަތަ ގަހަށް އަލި ބޭނުންވާ ނަމަވެސް މި ޕޮޓް އަންގައިދެއެވެ.
ލަކްސެމްބާރގް ޓެކްނޮލޮޖީސްގެ ފަރާތުން އަލަށް ނެރުން މި ޕޮޓްގައި އަދިވެސް ފަސޭހަ އެތަށް ކަމެއް ހިމެނެއެވެ.
އެގޮތުން ޕޮޓްގެ ކުރިމަތީގައިވާ އެލް.ސީ.ޑީ ސްކްރީންގެ އެހީގައި ޕޮޓްގެ ފިނި ހޫނުމިންވެސް މި ޕޮޓުން އެނގެއެވެ. މާބޮޑަށް ހޫނު ގަދަވާނަމަ ނުވަތަ މާ ބޮޑަށް ފިނި ގަދަވާ ނަމަވެސް އަންގައިދެއެވެ. މީގެ އިތުރުން މާ ގިނައިން ފެން ދެވިފައިވާނަމަވެސް އަނގައިދެއެވެ.
އަނދިރީގައި ގިނަ ދުވަހު ޕޮޓް ބަހައްޓާފައިވާނަމަ ޕޮޓްގެ ކުރިމަތީގައި ވާ ފޭސް އަކުން އަލިކަން ބޭނުންވާކަމަށް އެލާރޓް ކުރެއެވެ. ޕޮޓްގެ ޚާއްޞަ އަނެއް ކަމަކީ މާ ބޮޑަށް އަލި ގަދަވާނަމަ ޕޮޓްގެ ކުރިމަތީގައި އިންނަ މި ފޭސް ލޯ މަރައި އަދި މާބޮޑަށް ފިނި ގަދަ ވާނަމަ ކިނބިހެވެސް އަޅާކަމަށްވެއެވެ.
ހުރިހާ ކަމެއް އެންމެ ފުރިހަމައަށް ލިބޭނަމަ އުފާވުމާއެކު 15 އެނިމޭޝަންއަކާއެކު ތައްޔާރުކޮށްފައިވާ މި ޕޮޓް އެއަށް ހަކަތަ ލިބޭ މިންވަރު މަދު ނަމަ ނިދަންވެސް ނިދައެވެ.
މީގެ އިތުރުން އޮފްލައިން އެޕެއް މެދުވެރިކޮށް ފޯނާ ކަނެކްޓްކޮށްލައިގެން ހައްދާ ގަހުގެ ގައިޑްލައިނެއްގެ ދަށުން ގަސް ހެއްދުމަށްވެސް "ސްމާރޓް ޕޮޓް" އެހީތެރިވެއެވެ.
އެހެންކަމުން މިއީ ގަސް ހައްދާ ބޭފުޅުންނަށް ލިބޭ ރަނުގެ ފުރުޞަތެއްކަން ހަމަ ޔަޤީނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް