ކޯވިޑް-19 ނިމުމުގެ ކޮޅުމަތި ފެންނަން ފަށައިފި ކަމަށް ޑަބްލިއުއެޗްއޯއިން ބުނެފި

ކޯވިޑް-19 ގެ ބަލިމަޑުކަން ނިމުމުގެ ކޮޅުމަތި ފެންނަން ފަށާފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފި އެވެ. އެ ޖަމާއަތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޖަމާއަތުގެ ޑި...

19 Dec 2020 | 07:51

ކޯވިޑް-19 ގެ ބަލިމަޑުކަން ނިމުމުގެ ކޮޅުމަތި ފެންނަން ފަށާފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފި އެވެ.

އެ ޖަމާއަތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޖަމާއަތުގެ ޑިރެކްޓަ ޖެނެރަލް ޓެޑްރޯސް އަދަނޮމް ގަބްރެޔެސުސް ވިދާޅުވީ ކޯވިޑް ނިމުމުގެ ކޮޅުމަތު ފެންނަން ފަށާފައިވާތީ އެކަމުގެ ހިތްހަމަ ޖެހުން ލިބި ގަންނަން ޖެހޭ ކަމަށެވެ. އެކަމަކު އެބަލިން ރައްކާތެރިވާން އަޅާފައިވާ ފިޔަވަޅުތައް ދޫކޮށްލާ ވަގުތު އަދި ނުޖެހޭ ކަމަށް ޓެޑްރޯސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަމިއްލަ ނަފްސުތަކާއި އެހެން މީހުން ރައްކާތެރިކުރުމަށް ފިޔަވަޅު އެޅުމުގެ ޒިންމާ އެންމެން އުފުލަން ޖެހޭނެ ކަމަށެވެ.

ޓެޑްރޯސް ވިދާޅުވީ ބަލި ރައްކާތެރިވުމަށް ގައުމުތަކަށް ވެކްސިން ހޯދުމަށް އެ ޖަމާއަތުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން އދ. އިން ކަނޑައަޅާފައިވާ ވެކްސިން ޕްރޮގްރާމް، ކޮވެކްސްއަށް ދެ ބިލިއަން ޑޯޒުގެ ވެކްސިން ލިބޭނެ ކަން ޔަގީން ކުރެވިފައިވާ ކަމަށެވެ. އަދި އެއަށް ވުރެ އިތުރަށް ވެސް ވެކްސިންގެ ޑޯޒްތައް ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެ ޕްރޮގްރާމްގައި190 ގައުމަކުން ބައިވެރިވެފައިވެ އެވެ. އޭނާ ވިދާޅުވީ ބައިވެރިވާ ހުރިހާ ގައުމަކަށް އަންނަ އަހަރު ނިމުމުގެ ކުރިން އާބާދީގެ 20 ޕަސެންޓަށް ވާ ކޯވިދް ވެކްސިން ހިލޭ ލިބޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް