ކޯލިޝަން ޕާޓީތަކުގެ ލީޑަރުންނާއި މެދު އެމްޑީޕީއާއި ނަޝީދުގެ ހިތް ހަލާލުތޯ؟: އާދަމް ޝަރީފު

އެމްޑީޕީގެ ވެރިކަމުގައި ކޯލިޝަން ހަދާފައިވާ ޕާޓީތަކުގެ ވެރިންނާއި މެދު އެމްޑީޕީ އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ހިތް ހަލާލުތޯ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ސުވާލު ކުރައްވައިފި އެވެ...

19 Dec 2020 | 06:38

އެމްޑީޕީގެ ވެރިކަމުގައި ކޯލިޝަން ހަދާފައިވާ ޕާޓީތަކުގެ ވެރިންނާއި މެދު އެމްޑީޕީ އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ހިތް ހަލާލުތޯ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ސުވާލު ކުރައްވައިފި އެވެ.

މެމްބަރު އާދަމް ޝަރީފު މިހެން ވިދާޅުވީ ކުރީގެ ރައީސުން ޖަލަށްލުމަކީ އެއްވެސް ގޮތަކަށް އެދިވަޑައިގަންނަވާ ކަމެއް ނޫން ކަމަށާއި އެ ސަގާފަތް ރައީސް ނަޝީދުގެ ވެރިިކަމުގައި ދަމަހައްޓަވާފައިވާނެ އެމަނިކުފާނު ވިދާޅުވުމުންނެވެ. ނަޝީދު ވިދާޅުވީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު ޖަލަށްލުމަށް ފަހު އެކަމާ އުފާ ފާޅުކޮށް ހެދި ކަމަށާއި އެކަމަކު ކުރީގެ ރައީސް އަބްދުޝ ޔާމީން ޖަލަށް ލުމުން ކީރިތި ކުރެއްވުނު ކަމަށާއި އެމަނިކުފާނު ޖަލުގައި ހުންނަވަން އެދިވަޑައިނުގަންނަވާ ކަމަށެވެ.

ނަޝީދުގެ މި ވާހަކަފުޅައި ގުޅިގެން އާދަމް ޝަރީފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ޔާމީން ނުހައްގުން ޖަލަށް ލީ ދުވަހު ރައީސް ނަޝީދަށް ކީރިތި ކުރެއްވުނު ގޮތަށް ނަޝީދުގެ ވެރިކަން ބަދަލުވި ދުވަހު ކީރިތި ކުރެއްވި ސިޔާސީ ލީޑަރުންތަކެއް މި ސަރުކާރުގައި އެބަތިއްބެވި ކަމަށެވެ. އާދަމް ޝަރީފު ވަނީ އެފަދަ ސިޔާސީ ލީދަރުންތަކަކާއި އެކު އެމްޑީޕީން ކޯލިޝަން ހެދީ ކީއްވެތޯ ސުވާލު ކުރައްވާފައި އެވެ.

އޭނާ ވަނީ އެފަދަ ބޭފުޅުންނަށް ނަޝީދާއި އެމްޑިޕީ އަދި އެމްޑީޕީގެ ސަޕޯޓަރުންގެ ހިތް ހަލާލުތޯ ސުވާލު ކުރައްވާފައި އެވެ.

https://twitter.com/Adamshareefz/status/1340167071280197635

މި ސަރުކާރުގެ ކޯލިޝަންގައި ތިބި އެހެން ސިޔާސީ ޕާޓީތަކާއި މެދު ހިތް ހަމަ ނުޖެހޭކަން ނަޝީދާއި އެމްޑީޕީގެ އިސްވެރިން ގެންދަވަނީ ފާޅުކަން ބޮޑު ގޮތެއްގައި ދައްކަމުންނެވެ. އެގޮތުން ކޯލިޝަޕް ޕާޓީތަކުގެ ބައެއް މިނިސްޓަރުންގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން ނިންމުމާއި ބައެއް ވަޒީރުން މަގާމުން ވަކިކޮށްދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެންނެވުން ފަދަ ކަންކަން އެމްޑީޕީން ކޮށްފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް