ފަރުވާއަށް ފަހު ރެމޯ ހޮސްޕިޓަލުން ދޫކޮށްލައިފި

މަޝްހޫރު ކޯރިއޮގްރާފަރު-ޑައިރެކްޓަރު ރެމޯ ޑިސޫޒާއަށް ހާޓްއެޓޭކެއް ޖެހިގެން އައިސީޔޫގައި ފަރުވާ ދިނުމަށް ފަހު ދޫކޮށްލައިފި އެވެ. ރެމޯ އަށް ހާޓް އެޓޭކް ޖެހިގެން މުމްބާއީގެ ކޮކިލަބަން ހޮސްޕިޓަލްގެ އައިސީ...

19 Dec 2020 | 05:28

މަޝްހޫރު ކޯރިއޮގްރާފަރު-ޑައިރެކްޓަރު ރެމޯ ޑިސޫޒާއަށް ހާޓްއެޓޭކެއް ޖެހިގެން އައިސީޔޫގައި ފަރުވާ ދިނުމަށް ފަހު ދޫކޮށްލައިފި އެވެ.

ރެމޯ އަށް ހާޓް އެޓޭކް ޖެހިގެން މުމްބާއީގެ ކޮކިލަބަން ހޮސްޕިޓަލްގެ އައިސީޔޫގައި އެޑްމިޓް ކުރީ މިދިޔަ ހުކުރު ދުވަހު އެވެ. އޭނާއަށް ހާޓް އެޓޭކު ޖެހުނީ އެ ދުވަހު މެންދުރު ފަހު އެވެ.

ރިޕޯޓުތައް ބުނާ ގޮތުގައިި ހާޓް އެޓޭކް ޖެހުނުތާ މާގިނަ އިރު ނުވަނީސް އޭނާ ހޮސްޕިޓަލަށް ގެންގޮސްފައިވާތީ ހާލަތު އިތުރަށް ގޯސްވެފައެއް ނުވެ އެވެ. އަދި މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން އޭނާގެ ހާލު އާންމު ގޮތެއްގައި ރަނގަޅެވެ.

ރެމޯ ހޮސްޕިޓަލުން ދޫކޮށްލުމުން އޭނާގެ ރަސްމީ އިންސްޓަގްރާމް ޕޭޖު މެދުވެރިކޮށް އިއްޔެ ވަނީ ސަޕޯޓަރުންނާއި އާއިލާ އާއި ފިލްމީ ދާއިރާގެ އެކުވެރިންގެ ފަރާތުން ބަލި ވުމުން ލިބުނު ލޯތްބާއި މެސެޖުތަކަށް ޝުކުރު އަދާ ކޮށްފައި އެވެ.

ރެމޯ އަކީ ބޮލީވުޑްގައި ނެށުމުގެ ދާއިރާގައި އެންމެ މަޝްހޫރު އެކަކެވެ. އޭނާ ފަނޑިޔާރުކަން ކުރާ އިންޑިއާގެ މަޝްހޫރު ނެށުމުގެ މުބާރާތްތަކުގެ ތެރޭގައި “ޑާންސް އިންޑިއާ ޑާންސް” “ޑާންސް ޕްލަސް” “ޖަލަކް ދިކްލާ ޖާ” ފަދަ މުބާރާތްތައް ހިމެނެ އެވެ.

ރެމޯ އެންމެ ފުރަތަމަ ޑައިރެކްޓު ކޮށްފައިވަނީ 2011 ވަނަ އަހަރު ރިލީޒް ކުރި ފިލްމު “ފަޓްލޫ” އެވެ. އޭގެ ފަހުން އޭނާ ޑައިރެކްޓު ކުރި މަޝްހޫރު ފިލްމުތަކުގެ ތެރޭގައި “ރޭސް 3” ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް