ސްވިޗެއްގެ ތެރެއިން ގިނަ އަދަދެއްގެ ހޯނު ބިސްތަކެއް ފެނިއްޖެ

ސޮކެޓެއް ބަދަލުކުރުމުގެ ތެރެއިން މީހަކަށް ގިނަ އަދަދެއްގެ ހޯނު ބިސްތަކެއް ފެނިއްޖެއެވެ. މި ކަން ހިނގާފައިވަނީ މިދިޔަ ހަފުތާގެ ތެރޭގައެވެ. ޑީއޯން ބީން ނަމަކަށް ކިޔާ ސިންގަޕޯރ މީހަކު އޭނާގެ ގޭގެ ސުވިޗް ...

19 Dec 2020 | 03:54

ސޮކެޓެއް ބަދަލުކުރުމުގެ ތެރެއިން މީހަކަށް ގިނަ އަދަދެއްގެ ހޯނު ބިސްތަކެއް ފެނިއްޖެއެވެ. މި ކަން ހިނގާފައިވަނީ މިދިޔަ ހަފުތާގެ ތެރޭގައެވެ.

ޑީއޯން ބީން ނަމަކަށް ކިޔާ ސިންގަޕޯރ މީހަކު އޭނާގެ ގޭގެ ސުވިޗް ސޮކެޓެއް ބަދަލުކުރުމުގެތެރއިން ފެނިފައި މި ވާ ހޯނު ބިސްތަކުގެ ފޮޓޯ މިދިޔަ ހަފުތާގެ ތެރޭގައި އޭނާގެ ސޯޝަލް މީޑީޔާގައި ވަނީ ހިއްޞާކޮށްފައެވެ. " މިއީ އަހަރެންގެ ގޭގެ ސުވިޗުތަކާއި ސޮކެޓުތައް ބަދަލުކުރުމުގެ ތެރެއިން އަހަރެންނަށް ފެނުނު އެއްޗެއް. ހީވަނި ތި އެންމެނަށްވެސް އެނގޭނެހެން މިއީ ކޮންއެއްޗެއްކަން" ޑިއޯން އޭނާގެ ޕޯސްގައި ބުނެފައިވެއެވެ.

ޑިއޯންގެ ޕޯސްގައި ބުނެފައިވަނީ ބައެއް ބިސްތައް ހުރީ ވިހާފައިކަމަށާއި އަދި މިހާރު ނުވިހާވެސް 10 ބިހަށްވުރެން ގިނައިން އެބައިހުރިކަމަށެވެ. އަދި އިތުރަށް ފެނޭތޯ މައިދައިތަ ބުނެގެން ގޭގައި ދެންހުރި ސްވިޗުތައްވެސް ބަލަމުންދާކަމުގައި ޑިއޯން ބުންޏެވެ.

އޭނަގެ މި ޕޯސްޓަށް ވަރަށް ގިނަ މީހުން ވަނީ ކޮމެންޓްކޮށްފައެވެ. ބައެއް މީހުން ހަމަ އެފަދައިން ދިމާވި ކަމަށްބުނެ އެފަދަ އެހެން ފޮޓޯތައްވެސް ވަނީ ޙިއްޞާކޮށްފައެވެ.

ހޯނަކީ ގޭތޭރޭގައި ވަރަށް ޢާންމު އެއްޗެކެވެ. އަދި ޢާންމުގޮތެއްގައި ހޯނު ބިސް އަޅަނީ ފިނި އަދި އަނދިރި ތަންތަނަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް