އިބިލީހަކީ އޭނާގެ ބޮޑާކަމާއި ކިބުރުވެރިކަމުގެ ސަބަބުން ދުނިޔެ ޤިޔާމަތާ ހަމަޔަށް ދާންދެން މީސްތަކުންނަށް ވަސްވާސް ދިނުމަށް އޭނާ އަމިއްލައަށް އެދިގެން ހުރި މީހެކެވެ. الله ޞުބުޙާނަހޫ ވަޠަޢާލާ އާދަމްގެފާނަށް ސަޖިދަ ޖަހަން އެންގެވުމުން އިބިލީސް ސަޖިދަ ނުޖެހީ އާދަމްގެފާނު ހައްދަވާފައިވަނީ މަށީން ކަމަށްވެފައި އަދި އިބިލީސް ހައްދަވާފައިވަނީ އަލިފާނުން ކަމަށްވުމުން, މައްޓަށްވުރެން އަލިފާނުގެ ބާރު ގަދަވުމުންނެވެ.
މި ވާހަކަ ބަޔާންކޮށް ކީރިތި ޤުރުޢާނުގައި ބަޤަރާ ސޫރަތުގެ 34 ވަނަ އާޔަތުގައި މާތް الله ވަޙީ ކުރައްވާ އަންގަވާފައިވެއެވެ.
وَإِذْ قُلْنَا لِلْمَلَائِكَةِ اسْجُدُوا لِآدَمَ فَسَجَدُوا إِلَّا إِبْلِيسَ أَبَىٰ وَاسْتَكْبَرَ وَكَانَ مِنَ الْكَافِرِينَ. (2:34)
އަދި آدم ގެފާނަށް ތިޔަބައިމީހުން سجدة ކުރާށޭ ތިމަންރަސްކަލާނގެ ملائكة ންނަށް وحى ކުރެއްވިހިނދު، ހަނދުމަކުރައްވާށެވެ! ފަހެ، إبليس ފިޔަވައި، އެ ملائكة ން سجدة ކުރެއްވޫއެވެ. އެކަލޭގެ އެކަމުން މަނާވެގަނެ، كبر ވެރިވީއެވެ. އަދި كافر ންގެ ތެރެއިން އެކަލޭގެވިއެވެ.
ނުބައިވެގެންވާ ޝައިތާނާގެ މި ޢަމަލަށް ފަހުގައިވެސް الله ޞުބުޙާނަހޫ ވަޠަޢާލާވަނީ ޝައިތާނާގެ ދުޢާ އިޖާބަކުރައްވާފައެވެ. ކީރިތި ޤުރުޢާނުގައި މި ޙާދިޘާ ބަޔާންކުރައްވާ ސޫރަތުލް ޙިޖްރަގައި 26 ވަނަ އާޔަތުން ފެށިގެން އެ ސޫރަތުގެ 39 ވަނަ އާޔަތާ ހަމައަށް އަންގަވާފައިވެއެވެ.
وَلَقَدْ خَلَقْنَا الْإِنسَانَ مِن صَلْصَالٍ مِّنْ حَمَإٍ مَّسْنُونٍ (15:26)
تغيّرވެފައިވާ ކަޅުކުލައިގެ ކިސަޑުން އުފެދިގެންއައި މަށިން ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އިންސާނާ ހެއްދެވީމެވެ.
وَالْجَانَّ خَلَقْنَاهُ مِن قَبْلُ مِن نَّارِ السَّمُومِ (15:26)
އަދި އޭގެކުރިން ދުމެއްނެތް އަލިފާނުން ތިމަންރަސްކަލާނގެ ޖިންނީން ހެއްދެވީމެވެ.
وَإِذْ قَالَ رَبُّكَ لِلْمَلَائِكَةِ إِنِّي خَالِقٌ بَشَرًا مِّن صَلْصَالٍ مِّنْ حَمَإٍ مَّسْنُونٍ (15:27)
ކަލޭގެފާނުގެ ވެރިރަސްކަލާނގެ ملائكة ންނަށް وحى ކުރެއްވި ހިނދު ހަނދުމަކުރައްވާށެވެ! تغيّر ވެފައިވާ ކަޅުކުލައިގެ ކިސަޑުން އުފެދިގެންއައި މަށިން ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އިންސާނަކު ހައްދަވާހުށީމެވެ.
فَإِذَا سَوَّيْتُهُ وَنَفَخْتُ فِيهِ مِن رُّوحِي فَقَعُوا لَهُ سَاجِدِينَ (15:29)
ފަހެ، ތިމަންރަސްކަލާނގެ އެ އިންސާނާ (އެބަހީ: آدم ގެފާނު) ހައްދަވައި، ފުރިހަމަކުރައްވައި، ތިމަންރަސްކަލާނގެ روح ފުޅުން އެ އިންސާނާއަށް ފުމެލައްވައިފި ހިނދު، ތިޔަބައިމީހުން އޭނާއަށްޓަކައި سجدة އަށް ތިރިވާހުށިކަމެވެ!
فَسَجَدَ الْمَلَائِكَةُ كُلُّهُمْ أَجْمَعُونَ (15:30)
ފަހެ، ملائكة ން އެ އެންމެން އެކުގައި سجدة ކުރައްވައިފޫއެވެ.
إِلَّا إِبْلِيسَ أَبَىٰ أَن يَكُونَ مَعَ السَّاجِدِينَ (15:31)
إبليس މެނުވީއެވެ. سجدة ކުރި ملائكة ންނާ އެކުގައިވުމަށް إبليس ނުރުހި، އެކަމުން މަނާވެގެންފިއެވެ.
قَالَ يَا إِبْلِيسُ مَا لَكَ أَلَّا تَكُونَ مَعَ السَّاجِدِينَ (15:32)
އެކަލާނގެ وحى ކުރެއްވިއެވެ. އޭ إبليس އެވެ! سجدة ކުރި ملائكة ންނާ އެކުގައި ނުވުމަށް ކަލޭގެއަށް މެދުވެރިވީ ކޮންކަމެއް ހެއްޔެވެ؟
قَالَ لَمْ أَكُن لِّأَسْجُدَ لِبَشَرٍ خَلَقْتَهُ مِن صَلْصَالٍ مِّنْ حَمَإٍ مَّسْنُونٍ (15:33)
އެކަލޭގެ ދެންނެވިއެވެ. تغيّر ވެފައިވާ ކަޅުކުލައިގެ ކިސަޑުން އުފެދިގެން އައި މަށިން އިބަރަސްކަލާނގެ ހެއްދެވި އިންސާނަކަށް سجدة ކުރާކަށް ތިމަން ނެތީމެވެ.
قَالَ فَاخْرُجْ مِنْهَا فَإِنَّكَ رَجِيمٌ (15:34)
އެކަލާނގެ وحى ކުރެއްވިއެވެ. ފަހެ، ކަލޭގެ އެތަނުން (އެބަހީ: ސުވަރުގެއިން) ނުކުންނާށެވެ! ފަހެ، ހަމަކަށަވަރުން، ކަލޭގެވަނީ، رحمة ން ބޭރުކުރައްވާފައެވެ.
وَإِنَّ عَلَيْكَ اللَّعْنَةَ إِلَىٰ يَوْمِ الدِّينِ (15:35)
އަދި ހަމަކަށަވަރުން، قيامة ދުވަހަށް ދާނދެން ކަލޭގެ މައްޗަށް لعنة ހުށްޓެވެ.
قَالَ رَبِّ فَأَنظِرْنِي إِلَىٰ يَوْمِ يُبْعَثُونَ (15:36)
އެކަލޭގެ ދެންނެވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! ފަހެ، އެއުރެން (އަލުން ދިރުއްވައި محشر އަށް) ފޮނުއްވާނޭ ދުވަހަށް ދާންދެން ތިމަން އަޅާޔަށް مهلة ދެއްވާނދޭވެ!
قَالَ فَإِنَّكَ مِنَ الْمُنظَرِينَ (15:37)
އެކަލާނގެ وحى ކުރެއްވިއެވެ. ފަހެ، ހަމަކަށަވަރުން، ކަލޭގެވަނީ، مهلة ދެއްވާފައިވާ މީހުންގެ ތެރެއިންނެވެ.
إِلَىٰ يَوْمِ الْوَقْتِ الْمَعْلُومِ (15:38)
ވަގުތު ކަނޑައެޅި އެނގިގެންވާ ދުވަހަށް ދާނދެނެވެ.
قَالَ رَبِّ بِمَا أَغْوَيْتَنِي لَأُزَيِّنَنَّ لَهُمْ فِي الْأَرْضِ وَلَأُغْوِيَنَّهُمْ أَجْمَعِينَ (15:39)
އެކަލޭގެ ދެންނެވިއެވެ. ތިމަންއަޅާގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ ތިމަންއަޅާ މަގުފުރެއްދެވިކަމުގެ ސަބަބުން، ނުބައިކަމުގެ މަގު، ހަމަކަށަވަރުން، އެއުރެންނަށް ބިމުގައި ތިމަންއަޅާ ޒީނަތްތެރިކޮށްދޭހުށީމެވެ. އަދި ހަމަކަށަވަރުން، ތިމަންއަޅާ އެ އެންމެން މަގުފުރައްދާހުށީމެވެ.
الله ޞުބުޙާނަހޫ ވަތަޢާލާ ކީރިތި ޤުރުޢާނުގައި ބަޔާންކޮށްދެއްވާ އަންގަވާފައިވާ މި ޙާދިޘާއިންވެސް ހާމަވަނީ الله ޞުބުޙާނަހޫ ވަޠަޢާލާގެ އޯގާވަންތަކަމެވެ. އެކަލާނގެ އެންގެވި އެންގެވުމަށް އިބިލީސް ދެކޮޅުހަދައި ބޮޑާވެ ކިބުރުވެރިވީ ހިނދުވެސް އިބިލީހުގެ ދުއާ އެކަލާނގެ ވަނި ޢިޖާބަކުރައްވާފައެވެ. އިބިލީސް އެދުނު ފަދައިން އަލުން ދިރުއްވާނޭ ދުވަހާއި ހަމައަށް ދާންދެން އެކަލާނގެ އިބިލީހަށް މުހުލަތު ދެއްވިއެވެ. ނަމަވެސް އިބިލީހުގެ ނުބައިކަމުން އޭނާ އަމިއްލައަށް މަގުފުރެދުނު ފަދައިން އޭނާގެ ބައިގަނޑު އިތުރުކުރުމަށް, އެހެން އެންމެން މަގުފުރައްދާނެ ކަމުގައި އިބިލީސް ވަނީ ވަޢުދުވެފައެވެ.
الله ލަޢުނަތް ލެއްވި އިބިލީހުގެ ދުޢާ އެކަލާނގެ ޢިޖާބަ ކުރެއްވިއިރު, އެކަލާނގެ ލޯބި ހޯދަން ގަދައަޅައި އަހަރެމެން މަސައްކަތް ކުރާހިނދު އަހަރެމެންގެ ދުޢާ އެކަލާނގެ އިޖާބަ ނުކުރައްވަންވީ ސަބަބެއް އެބައޮތްތޯއެވެ. މިކަން ބަޔާންކުރައްވައި ސޫރަތުލް ޣާފިރްގެ 60ވަނަ އާޔަތުގައި ވަޙީކުރައްވާފައިވެއެވެ.
وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ ۚ إِنَّ الَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِي سَيَدْخُلُونَ جَهَنَّمَ دَاخِرِينَ (40:60)
އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ وحى ކުރެއްވިއެވެ. ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް دعاء ކުރާށެވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ دعاء އިޖާބަކުރައްވާހުށީމެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެއަށް (دعاء ކޮށް) އަޅުކަން ކުރުމަށް ކިބުރުވެރިވެގަންނަ މީހުން (ދަންނާށެވެ!) ނިކަންހުރެ ނިކަމެތިވެގެންވާ حال، އެއުރެން ނަރަކަޔަށް ވަންނާނެތެވެ.
އެހެންކަމުން ގިނަގިނައިން އަޅުކަންކޮށް އެކަލާނގެއަށް ބިރުވެތިވެ ދުޢާކުރުމުގައި ދެމިތިބުމުން ދުޢާ ޢިޖާބަކުރައްވާނެކަން އަހަރެމެންނަށް ޔަޤީންވެ އެނގެން އެބައޮތެވެ. އަހަރެމެން އެންމެ ކުޑައިރުގައިވެސް ކަންކަމަށް ބޭނުންވުމުން ނުވަތަ އެއްޗެއް ގަންނަނަވުމުން މައިންބަފައިން ކައިރީގައި އެދޭފަދައިން އަހަރެމެން ބޭނުންވާ ކަންތައްތަކަށް އެދި އަހަރެމެން ހެއްދެވި ފަރާތުގައި އެދުން އަދި މާ ރަނގަޅު ނޫންހެއްޔެވެ؟ އިބިލީހުގެ ވަސްވާހުގައި ޖެހި ދުނިޔޭގެ ޒީނަތްތެރިކަމަށް ހެއްލެވުމުގެ ކުރިން ގިނަގިނައިން ދުޢާ ދަންނަވާ ބަޔަކަށް އަހަރެމެން ވާން އެބަޖެހެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް