ކޮވިޑު މަތަކުރަން މާލޭގައި އިއުލާނުކޮށްފައި އޮތް ކާފިއު އުވާލައިފި

ކޮވިޑު ފެތުރުން ހުއްޓުވުމަށް މާލެ ސަރަހައްދުގައި އިއުލާނުކޮށްފައި އޮތް ކާފިއު މިރޭ އުވާލައިފިއެވެ. އެކި ފަހަރުމަތިން ވަގުތު މަދުކުރަމުން އައިސް މިރޭ ކާފިއު އުވާލާފައިވާއިރު، ކާފިއު މިރެއާއި ހަމައަށް ހ...

18 Dec 2020 | 19:30

ކޮވިޑު ފެތުރުން ހުއްޓުވުމަށް މާލެ ސަރަހައްދުގައި އިއުލާނުކޮށްފައި އޮތް ކާފިއު މިރޭ އުވާލައިފިއެވެ.

އެކި ފަހަރުމަތިން ވަގުތު މަދުކުރަމުން އައިސް މިރޭ ކާފިއު އުވާލާފައިވާއިރު، ކާފިއު މިރެއާއި ހަމައަށް ހިންގަމުންދިޔައީ ރޭގަނޑު 12:00 އިން ފަތިހު 4:00 އާއި ހަމައަށެވެ.

ކޮވިޑު އުވާލާފައިމިވަނީ ނުވަ މަސް ދުވަހަށް ފަހުގައެވެ. މި އަހަރުގެ އޭޕްރީލް މަހު، އެންމެ ފުރަތަމަ ކާފިއު އިއުލާނުކުރީ ރޭގަނޑު 8:00 އިން ފަތިހު 5:00 އަށެވެ.

މާލެ ސަރަހައްދަށް އިއުލާނުކުރަމުންދިޔަ ކާފިއު އުވާލާފައިވާއިރު، ރާއްޖޭގައި ކޮވިޑު ފެތުރުން މިހާރުވަނީ ފުދޭވަރަކަށް ކޮންޓްރޯލް ކުރެވިފައެވެ. ދުވާލަކު ޕޮޒިޓިވް ވާ އަދަދު އުޅެނީ އާއްމުގޮތެއްގައި 30 އިން ދަށުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް