މިއަދު ޕޮސިޓިވްވި އަދަދު 68 ގައި، ގިނައީ ކްލަސްޓާ ތަކަކާއި ގުޅުން ހުރި މީހުން

ރާއްޖެއިން އިތުރު 68 މީހުން ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ. މިއަދު މާލެއިން ޕޮސިޓިވްވީ 36 މީހުންނެވެ. އަތޮޅު ތެރެއިން ޕޮސިޓިވްވެފައިވަނީ 32 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 36 ދިވެހިންނާއި 32 ބ...

19 Nov 2020 | 17:28

ރާއްޖެއިން އިތުރު 68 މީހުން ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.

މިއަދު މާލެއިން ޕޮސިޓިވްވީ 36 މީހުންނެވެ. އަތޮޅު ތެރެއިން ޕޮސިޓިވްވެފައިވަނީ 32 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 36 ދިވެހިންނާއި 32 ބިދޭސީންނެވެ.

މިއަދު ކޯވިޑަސް ޓެސްޓުކޮށްފައިވަނީ 1،530 ސާމްޕަލެވެ.

މިވަގުތު ކޯވިޑް-19 އަށް ފަރުވާ ދެމުން ދަނީ 925 މީހުންނަށެވެ. އޭގެ ތެރެއިން 73 މީހަކަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ދަނީ ފަރުވާ ދެމުންނެވެ.

ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވާ މީހުންގެ ތެރެއިން ދަރުމަވަންތަ ހޮސްޕިޓަލްގައި ދެ މީހަކަށް ފަރުވާ ދެމުންދާއިރު އޭގެ ތެރެއިން އެކަކަށް ފަރުވާ ދެމުން ދަނީ އައިސީޔޫގައި އެވެ. ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ ވޯޑުގައި 69 މީހަކަށް ފަރުވާ ދެމުން ދާއިރު ލ. ގަން ކޯވިޑް ފެސިލިޓީގެ ވޯޑުގައި ދެ މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

މިހާތަނަށް ބަލި ޖެހުނު މީހުންގެ ތެރެއިން 11،475 މީހުން ވަނީ ބަލިން ރަނގަޅުވެފައި އެވެ.

މިހާތަނަށް ބަލިޖެހުނީ 12،452 މީހުންނަށެވެ. މި ބަލީގައި މަރުވެފައިވަނީ 45 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް