މި މަހުގެ މިހާތަނަށް 18،723 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްފައިވޭ: ޓޫރިޒަމް މިނިސްޓްރީން

މި މަހުގެ މިހާތަނަށް 18،723 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަޔް ކޮށްފައިވާ ކަމަށް ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކ...

19 Nov 2020 | 15:53

މި މަހުގެ މިހާތަނަށް 18،723 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަޔް ކޮށްފައިވާ ކަމަށް ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ކޮވިޑް-19 އާއި ގުޅިގެން ބަންދުކޮށްފައިވާ ރާއްޖޭގެ ބޯޑަރ މި އަހަރު ޖުލައިމަހުގެ 15 ވަނަ ދުވަހު ހުޅުވާލި ފަހުން ނިމިގެން ދިޔަ އޮކްޓޫބަރ މަހުގެ 28 ވަނަ ދުވަހާއި ހަމައަށް ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ 59،105 ފަތުރުވެރިންނެވެ.

މިއީ މިދިޔަ ދެ މަހު ރާއްޖެ އަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދާ އަޅާ ބަލާއިރު އެތައް ގުނައެއް ބޮޑު އަދަދެއް ކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ.

ޖުލައިމަހު ބޯޑަރ ހުޅުވާލިއިރު، އެމަހު ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ 1752 ފަތުރުވެރިންނެވެ. އަދި އޮގަސްޓުމަހު 7628 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްފައިވެއެވެ. ސެޕްޓެމްބަރުމަހު ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ 9538 ފަތުރުވެރިންނެވެ. އަދި ނިމިގެން ދިޔަ އޮކްޓޫބަރ މަހު 21،515 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ބޯޑަރު ހުޅުވާލިފަހުން މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ގައުމަކީ ރަޝިޔާއެވެ.

އެގޮތުން ރަޝިޔާއިން އެކަނިވެސް 12،961 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް