ރަކުލް ޕްރީތު ސިންގްވެސް ރާއްޖޭގައި

ބޮލީވުޑް ބަތޮލާ ރަކުލް ޕްރީތު ސިންގްވެސް ރާއްޖެ އަތުވެއްޖެއެވެ. މަރްޖާވާނ، ސިމްލާ މިރްޗީފަދަ ފިލްމުތަކުގައި އެކްޓްކޮށްފައިވާ މި ބަތޮލާ ރާއްޖެ އައިސްފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ޗުއްޓީ ހޭދ...

19 Nov 2020 | 13:59

ބޮލީވުޑް ބަތޮލާ ރަކުލް ޕްރީތު ސިންގްވެސް ރާއްޖެ އަތުވެއްޖެއެވެ.

މަރްޖާވާނ، ސިމްލާ މިރްޗީފަދަ ފިލްމުތަކުގައި އެކްޓްކޮށްފައިވާ މި ބަތޮލާ ރާއްޖެ އައިސްފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ޗުއްޓީ ހޭދަކުރަމުން އަންނަނީ ލަކްސް ސައުތު އަރީގައެވެ. ޗުއްޓީ އަށް އައީ އޭނާގެ އާއިލާ މެމްބަރުންވެސް ގޮވައިގެން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ރަކުލް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނައިރު ބޮލީވުޑް އެތައް ތަރިންނެއް މިހާރުވެސް ރާއްޖޭގައި އަންނަނީ ޗުއްޓީ ހޭދަކުރަމުންނެވެ. އޭގެ ތެރޭގައި ޓައިގަރ ޝްރޮފް، ދިޝާ ޕަޓާނީ، ތާރާ ސުތާރިއާ އަދި އާދަރް ޖައިން ހިމެނެއެވެ.

މި ތަރިންގެ އިތުރުން ތާޕްސީ ޕަންނޫ، ވަރުން ދަވަން، ނިހާ ދޫޕިއާވަނީ މި ފަހުން ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް