ލަންކާއަށް މަހުގެ ބާވަތްތައް އެތެރެކުރުމުގައި އެއްވެސް ހުރަހެއް ނެތްކަމުގެ ޔަގީންކަން އެ ގައުމުން ޝާހިދަށް އަރުވައިފި

ސްރީލަންކާއަށް އިމްޕޯޓްކުރާ ދިވެހި ކަނޑުމަހުގެ ބާވަތްތައް އެޤައުމަށް އެތެރެކުރުމުގައި އެއްވެސް ހުރަހެއް ނޯންނާނެކަމުގެ ޔަޤީންކަން ސްރީލަންކާ ސަރުކާރުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދަށް އަރުވާފައިވާކަ...

19 Nov 2020 | 13:35

ސްރީލަންކާއަށް އިމްޕޯޓްކުރާ ދިވެހި ކަނޑުމަހުގެ ބާވަތްތައް އެޤައުމަށް އެތެރެކުރުމުގައި އެއްވެސް ހުރަހެއް ނޯންނާނެކަމުގެ ޔަޤީންކަން ސްރީލަންކާ ސަރުކާރުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދަށް އަރުވާފައިވާކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނެފައިވަނީ ސްރީލަންކާ ސަރުކާރުން ދެއްވި ޔަޤީންކަމާ ގުޅިގެން މިނިސްޓަރ ޝާހިދު ވަނީ ސްރީލަންކާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައިވާކަމަށެވެ.

އެ މިނިސްޓްރީން ބުނެފައިވާގޮތުގައި ސްރީލަންކާއަށް މަހުގެ ބާވަތްތައް އެތެރެކުރުމުގެ ސިޔާސަތަށް ގެނައި ބަދަލުތަކާއެކު، ނިމިދިޔަ ހަފްތާގައި އެގައުމަށް އެތެރެކުރި މަހުގެ ޝިޕްމަންޓްތަކެއް އެތެރެނުކުރެވުނު މައްސަލަ ހައްލުކޮށް، އެ ޝިޕްމަންޓްތައްވެސް ވަނީ އެގައުމަށް އެތެރެކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް