ހޯރަފުށި އެއަރޕޯޓު ރައީސް ސާލިޙް ހުޅުވައިދެއްވައިފި

ހޯރަފުށި އެއަރޕޯޓު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް ހުޅުވައިދެއްވައިފި އެވެ. މި އެއަރޕޯޓު ހުޅުވައުދެއްވީ އެކަމަށްޓަކައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގަ އެވެ. ހޯރަފުށި އެއަރޕޯޓު ...

19 Nov 2020 | 11:56

ހޯރަފުށި އެއަރޕޯޓު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް ހުޅުވައިދެއްވައިފި އެވެ.

މި އެއަރޕޯޓު ހުޅުވައުދެއްވީ އެކަމަށްޓަކައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގަ އެވެ.

ހޯރަފުށި އެއަރޕޯޓު ހުޅުވައިދެއްވުމަށް ރައީސް ސާލިހް މިއަދު މެންދުރު އެރަށަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް ވަނީ ވަރަށް ހޫނު މަރުޙަބާ އެއް ދަންނަވާފަ އެވެ.

މިދިޔަ އަންގާރަ ދުވަހު ކުރައްވަން ހަމަޖެހިފައި އޮތް މި ދަތުރުފުޅު މިއަދަށް ފަސް ކުރީ މޫސުން ގޯސްވުމުންނެވެ.

މި ސަރުކާރުން ހެދި ފުރަތަމަ އެއަރޕޯޓުގެ މަސައްކަތް ނިންމާފައި މިވަނީ އަހަރެއްހާ ދުވަހުގެ ތެރޭގަ އެވެ. ހޯރަފުށީ އެއަރޕޯޓު އަޅާފައިވަނީ އެ ރަށު ދެކުނު ފަރާތު ފަޅުން ބައެއް ހިއްކައިގެންނެވެ.

މޯލްޑިވިއަން އިން ބުނެފައިވަނީ ހޯރަފުށީ އެއަރޕޯޓު ރަސްމީކޮށް ހުޅުވާތާ ހަފްތާއެއް ތެރޭގައި އެ ރަށަށް ޝެޑިއުލް ދަތުރުތައް ފަށާނެ ކަމަށެވެ. އަދި ހޯރަފުށީ ދެކޮޅު ދަތުރުގެ ޓިކެޓުގެ އަގު ހަނިމާދޫ ދެކޮޅު ދަތުރުގެ ޓިކެޓުގެ އަގަށްވުރެ ބޮޑު ނުވާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް