ފުލުހުންގެ މުވާސަލާތީ ވިއުގަ ހަރުދަނާކުރަން ޔޫއެންއޯޑީސީން ހަދިޔާކޮށްފި

ފުލުހުންގެ މުވާސަލާތީ ވިއުގަ ހަރުދަނާކުރަން އދ. ގެ އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ)އިން މޯލްޑިވްސް ޕޮލިސް ސާވިސްއަށް ތަކެތި ހަދިޔާކޮށްފި އެވެ. އިސްކަންދަރު ބިލްޑިންގައި މިއަދު އޮތް ...

19 Nov 2020 | 11:49

ފުލުހުންގެ މުވާސަލާތީ ވިއުގަ ހަރުދަނާކުރަން އދ. ގެ އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ)އިން މޯލްޑިވްސް ޕޮލިސް ސާވިސްއަށް ތަކެތި ހަދިޔާކޮށްފި އެވެ.

އިސްކަންދަރު ބިލްޑިންގައި މިއަދު އޮތް ރަސްމިއްޔާތުގައި މިތަކެތި ރަސްމީޒޮށް ފުލުހުންނާއި ހަވާލުކޮށްދެއްވީ ޔޫއެންއޯޑީސީގެ ޕްރޮޖެކްޓް ސަޕޯޓް އޮފިސަރު ޖޯޝުއާ އަރުތުރިއާ ގޮންޒާލެޒް އެވެ. އަދި އެތަކެއްޗާ ހަވާލުވެވަޑައިގެންނެވީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު އެވެ.

މި ރަސްމިއްޔާތުގައި، ސީޕީ ހަމީދު ދެއްކެވި ވާހަކަފުޅުގައި، ޔޫއެންއޯޑީސީއާއި ޖަޕާން ސަރުކާރުގެ ފަރާތުން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ފޯރުކޮށްދެމުންދާ އެހީތެރިކަން ފާހަގަ ކުރައްވައި އެކަމަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ފުލުހުންގެ މުވާސަލާތީ ނިޒާމް ޒަމާނީ ފެންވަރަކަށް ބަދަލުވެގެން ގޮސްފައިވަނީ 2004 ވަނަ އަހަރުގައި ކަން ފާހަގަކުރެއްވިއެވެ.

އަދި ބޭރުގެ ހިލޭއެހީގެ ދަށުން އޭރު ރާއްޖޭގެ ނުވަ ސަރަހައްދެއްގައި މުވާސަލާތީ ނިޒާމް ގާއިމުކޮށްފައިވާ ކަމަށާ އަދި ޒަމާނީ ބަދަލުުތަކާއެކު މި ނިޒާމް މިހާރު ރާއްޖޭގެ 16 ސަރަހައްދަކަށް ފުޅާވެގެންގޮސްފައިވާ ކަމުގައި ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ފުލުހުންގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ތަރައްގީ ކުރުމަށް ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރައްވަމުންގެންދަވާކަމުގައި ފާހަގަ ކުރެއްވިއެވެ. އެގޮތުން ފްރަންޓްލައިން ޓެކްނޮލޮޖީއެއް ގާއިމްކުރުމާއި، ވަރޗުއަލް ޕޮލިސް ސްޓޭޝަން ގާއިމުކުރުމުގެ އިތުރުން އޮންލައިންކޮށް ފޯރުކޮށްދެމުންދާ ހިދުމަތްތައް އިތުރުކުރުމާއި، ޑިޖިޓަލް ޓްރާންސްފޮމޭޝަން ކަސްޓަމް ސޮފްޓްވެއަރއެއް އުފެއްދުމުގެ މަސައްކަތް ކުރައްވަމުންދާ ކަމުގައި ފާހަގަކުރެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް