ގައުމީ އެއާލައިން މޯލްޑިވިއަންގެ މުވައްޒަފަކު ހިޔާނާތްތެރިވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި އެވެ.
މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މޫސާ ވަސީމް ވިދާޅުވީ އެ ކުންފުނީގެ މުވައްޒަފަކު އޮޅުވާލައިގެން ގިނަ އަދަދެއްގެ ފައިސާތަކެއް ނެގި މައްސަލަ ފުލުހުންނަށް ހުށަހެޅީ މިދިޔަ ހަފްތާގައި ކަމަށެވެ. މޫސަ ވިދާޅުވީ އިދާރީ ގޮތުން އެ މުވައްޒަފާއި މެދު އަޅަން ޖެހޭ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
[poll id="4"]
އެކަމަކު އެ މައްސަލަ އަކީ ފުލުހުންނަށް ހުށަހާޅާފައިވާ މައްސަލައަކަށް ވާތީ އިތުރު ތަފްސީލް ހާމަ ކުރެވެން ނެތް ކަމަށް ވިދާޅުވި އެވެ.
މިކަމާއި ގުޅޭގޮތުން ފުލުހުން ރަސްމީކޮށް އެއްޗެއް ހާމައެއް ނުކުރެ އެވެ.
ބައެއް މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި އެ މުވައްޒަފު ވަނީ ފައިސާއަށް ހިޔާނާތްތެރިވި ކަމަށް އެއްބަސްވެފައި އެވެ. އޭނާ ނެގިކަމަށް ވަނީ ދެ މިލިއަނަށްވުރެ ގިނަ ރުފިޔާ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް