ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިނލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމްގެ ދަރިކަނބަލުން ފާތިމަތު ތަސްލީމާއަށް ހުޅުމާލެއިން ކުއްޔަށް ދެ ބިން ދިނުމަށްފު އެ ބިންތަށް ހައުސިިން ޑިވޮލެޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އަނބުރާ އަތުލީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ.
ތަސްލީމާއަށް އެބިންތަށް އެޗްޑީސީއިން ކުއްޔަށް ދީފައިވަނީ 2005 ވަނަ އަހަރު އެވެ. ނަމަވެސް 2015 ވަނަ އަހަރު އެޗްޑީސީއިން ވަނީ ތަސްލިމާއެކު ހެދި އެއްބަސްވުންތަށް ބާތިލްކޮށް ބިންތަށް އަނބުރާ ހޯދައިފަ އެވެ. އެއްބަސްވުން އުވާލީ އެ ބިންތަކުގައި ކުރަން ޖެހޭ ސިނާއި މަސައްކަތް ނުފަށައި އޮތުމުން ކަމަށް އޭރު އެޗްޑީސީއިން ވަނީ ބުންޏެވެ. އެޗްޑީސީ އެއްބަސްވުން ބާތިލްކުރިކަން ތަސްލީމާއަށް އެންގުމުން އޭނާ ވަނީ އެ މައްސަލަ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށެވެ. މެޖިސްޓްރޭޓް ކޯޓުން ނިންމީ އެއްބަސްވުން ބާތިލް ނުކުރެވޭނެ ކަމަށެވެ.
މެޖިސްޓްރޭޓް ކޯޓުގެ ނިންމުން އެޗްޑީސީއިން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި އެވެ. ސުޕްރީމް ކޯޓުން ވަނީ އެޗްޑީސީ އާއި އެއްކޮޅަށް މައްސަލަ ނިންމައި އެއްބަސްވުން ބާތިލްވާނެ ކަމަށް އަމުރުކޮށްފަ އެވެ. އަދި މެޖިސްޓްރޭޓް ކޯޓުގެ ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށް ވެސް ހުކުމުގައި ވަނީ ބުނެފަ އެވެ.
ނަމަވެސް ސުޕްރީމް ކޯޓުން ވަނީ ހައި ކޯޓުގެ ހުކުމް ބާތިލްކޮށްފަ އެވެ. ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފަ ވަނީ އެ ބިމުގައި ކުރަން ކަނޑައަޅާފައިވާ މަސައްކަތް ނުފަށައި އޮތް އޮތުމަކީ އެއްބަސްވުމާ ޚިލާފަށް ބިން ބޭނުންކުރުން ކަމަށް މާނަ ނުކުރެވޭނެ ކަމަށެވެ.
ސުޕްރީމް ކޯޓުން އެ މައްސަލަ ބެއްލެވި ފަނޑިޔާރުންނަކީ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝަތު ސުޖޫން އަދި ފަނޑިޔާރު ހުސްނުއްސުއޫދެވެ.
އެޗްޑީސީއިން ތަސްލީމާއަށް ކުއްޔަން ދިން ދެ ބިމަކީ ޖެހިޖެހިގެން އޮތް ދެ ބިމެވެ. އެހެންކަމުން އެއްބަސްވުމުގައި ސޮއިކުރީ ވެސް ވަކިވަކިންނެވެ. އެޗްޑީސީއިން އެއްބަސްވުން ބާތިލްކުރީ އެ ބިންތަކުގައި ސިނާއީ މަސަައްކަތެއް ނުކޮށް އޮތް އޮތުމަކީ އެއްބަސްވުމުގައި ލާޒިމްކޮށްފައިވާ ގޮތާ ހިލާފަށް ބިން ބޭނުން ކުރުން ކަމަށް ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް