ވިޔަފާރި ކުރުމަށް ފަހު ސައްހަ ނޫން ސްލިޕެއް ފޮނުވި މީހަކު ހޯދަނީ

މާލޭ ފިހާރައަކުން ވިޔަފާރި ކުރުމަށް ފަހު ސައްހަ ނޫން ބޭންކް ސްލިޕެއް ފޮނުވި މީހަކު ހޯދަން ފުލުހުން އިއުލާނުކޮށްފި އެވެ. ފުލުހުން އެމީހާ ހޯދަން އިއުލާނުކޮށްފައިވަނީ އެމީހާ ވިޔަފާރު ކުރި ފިހާރައިގެ ސީސީ...

19 Nov 2020 | 09:10

މާލޭ ފިހާރައަކުން ވިޔަފާރި ކުރުމަށް ފަހު ސައްހަ ނޫން ބޭންކް ސްލިޕެއް ފޮނުވި މީހަކު ހޯދަން ފުލުހުން އިއުލާނުކޮށްފި އެވެ.

ފުލުހުން އެމީހާ ހޯދަން އިއުލާނުކޮށްފައިވަނީ އެމީހާ ވިޔަފާރު ކުރި ފިހާރައިގެ ސީސީޓީވީ ފުޓޭޖާއި އެކު އެވެ. އެ ފުޓޭޖުން ފެންނަ ގޮތުގައި ފިހާރައަށް ވަދެ އޭނާ ބޭނުންވާ ތަކެތި ނަގައި ދިނުމުން ވަރަށް ގިނަ އިރު ފޯނެއްގައި ހުރެގެން ފިހާރަ ތެރޭގައި ކައުންޓަރު ކައިރީގައި ހިނގާތަން ފެނެ އެވެ.

އެމީހާ ހުރީ ކޮނޑުގައި ދަބަހެއް އަޅައިގެންނެވެ. އަދި ގަތް އެއްޗެހިވެސް އަޅާފައި ވަނީ ގެންގުޅުނު ދަބަހަށެވެ.

ފުލުހުން ބުނީ މާލޭގެ ފިހާރައަކު ވިޔަފާރި ކުރުމަށްފަހު އޮންލައިންކޯށް ފައިސާދެއްކި ކަމަށް ބުނެ އެ ފިހާރައަށް ސައްހަ ނޫން ބެންކް ސްލިޕެއް ފޮނުވި މީހަކު ހޯދަމުންދާ ކަމަށެވެ. ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރާ މި މައްސަލާގައި ތުހުމަތު ކުރެވޭ މީހާގެ އެއް ވެސް މައުލޫމާތެއް އެނގޭ ނަމަ އެކަން ފުލުހުންނަށް ހިއްސާ ކުރުމަށް ވަނީ އެދިފަ އެވެ.

https://twitter.com/PoliceMv/status/1329014583877537792

މާލޭގެ އިތުރުން އަތޮޅު ތެރޭގައިވެސް އޮންލައިންކޮށް ފައިސާ ފޮނުވި ކަމަށް ބުނެ ސައްހަ ނޫން ބޭންކް ސްލިޕް ފޮނުވުމުގެ މައްސަލަ ވަނީ އިތުރުވެފައި އެވެ. ކޯވިޑް-19 ގައި އޮންލައިންކޮށް ފައިސާ ދެއްކުމަށް ކަމާ ބެހޭ ފަރާތްތަކުން ދަނީ ބާރު އަޅަމުންނެވެ.

އެކަމަކު އެކަމުގެ ނާޖާއިޒު ފައިދާ ބައެއް ފަރާތްތަކުން ނަގައި އޮޅުވާލާ މައްސަލަތައް ފުލުހުންނަށް ވިޔަފާރިތަކުން ހުށަހަޅާ ކަމަށް ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް