ޝިރުމީނާ ރަހީނު ކުރި މައްސަލައިގާ 18 އަހަރުން ދަށުގެ ކުއްޖަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ 18 އަހަރުން ދަށުގެ ކުޑަކުއްޖަކު އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށެވެ.
މީގެ ކުރިން ވެސް މި މައްސަލައިގައި މީހަކު ހައްޔަރުކޮށްފައިވާ އިރު، އޭނާގެ ބަންދުގެ މުއްދަތު ދެވަނަ ފަހަރަށް އިތުރުކޮށް، ބަންދަށް 15 ދުވަސް ޖަހާފައިވާކަމަށް ފުލުހުން ބުނެއެވެ.
ރ. ކިނޮޅަސް/ލަގްޒަރީ، ޢުމުރުން 33 އަހަރުގެ ޝިރުމީނާ އަބޫބަކުރުގެ ޢާއިލާއިން ބުނެފައިވަނީ ޝިރުމީނާ ރަހީނުކުރި މީހުން އޭނާ ދޫކޮށްލީ ވަރަށް ބޮޑަށް އަނިޔާކޮށްފައި ކަމަށެވެ. އަދި އެ މީހުންނަށް 25000 ރުފިޔާ ދިނުމުން އެދިފައިވާ ކަމަސް ވެސް ބުންޏެވެ.
ޢާއިލާއިން ބުނީ ޝިރުމީނާގެ ދެ އަތުގައި ކަޓަރު އަޅާފައިހުރި ކަމަށާއި އަތްފައި ބަނދެފައި ހުރިކަމުގެ ނިޝާާންތަކާއި މޫނުމަތީގައި ޖަހައި ފަޅާލައި ބުރަކަށްޓަށް އަނިޔާދީފައިވާކަމަށެވެ.
އޭނާ ފޮރުވީ ފައިސާ ހޯދަން ކަމަށާއި އެ ގޮތުން ފައިސާ ނުދީފިނަމަ މަރުގެ އިންޒާރުދީ، އެ ވާހަކަ ބައެއްގެ ގާތުގައި ބުނެފިނަމަ ޝިރުމީނާ މަރައިލާނެކަމުގެ އިންޒާރުދިންކަމަށް ވެސް ޢާއިލާއިން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް