އެޗްޑީސީގައި މަސައްކަތުގެ ތަޖުރިބާ ހޯދުމުގެ 60 ފުރުސަތު، މުސާރަ 6،000 ރުފިޔާ

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގައި މަސައްކަތުގެ ތަޖުރިބާ ހޯދުމަށް ގިނަ ފުރުސަތުތަކެއް ހުޅުވާލައިފި އެވެ. އެޗްޑީސީން ބުނީ މި ފުރުސަތަށް ހޮވޭ ފަރާތްތަކަށް މަސައްކަތުގެ ތަޖުރިބާ ހޯދުމާއި ...

19 Nov 2020 | 07:22

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގައި މަސައްކަތުގެ ތަޖުރިބާ ހޯދުމަށް ގިނަ ފުރުސަތުތަކެއް ހުޅުވާލައިފި އެވެ.

އެޗްޑީސީން ބުނީ މި ފުރުސަތަށް ހޮވޭ ފަރާތްތަކަށް މަސައްކަތުގެ ތަޖުރިބާ ހޯދުމާއި އެކު ކްލާސްރޫމް ސެޝަން ތަކެއް ނަގައިދޭނެ ކަމަށެވެ. ބައިވެރިންނަށް އެލަވަންސަކާއި އެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ގަބޫލު ކުރާ ލެވެލް 3 ގެ ސެޓްފިކެޓެއް ލިބޭނެ އެވެ.

އެޗްޑީސީގައި ތަޖުރިބާ ހޯދުމުގެ ފުރުސަތުގައި 60 ޖާގަ ހުޅުވާލާފައިވެ އެވެ. އަދާކުރަންޖެހޭ ވަޒީފާތަކުގެ ތެރޭގައި ގާޑެނިން، މޭސަނަރީ، ވެލްޑިން، އިލެކްޓްރީޝަން އަދި ހެވީ ވެހިކަލް އޮޕަރޭޓަރުގެ އިތުރުން ސައިޓް ސުޕަވައިޒާ ފޯ ބިލްޑިން ކޮންސްޓްރަކްޝަން ހިމެނެ އެވެ.

މި މަގާމުތަކަށް ހޮވޭ ފަރާތްތަކަށް 6،000 ރުފިޔާގެ އެލެވެންސް އެއް ދިނުމަށް ހަމަޖެހިފައިވެ އެވެ. ހަތަރު މަހުގެ މި ކޯސް ފުރިހަމަ ކުރާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަރާތްތަކަށް އެޗްޑީސީގައި ވަޒީފާގެ ފުރުސސަތު ހުރި ވަރަކުން ޖާގަ ދޭނެ ކަމަށް ބުނެ އެވެ.

މި މަގާމުތަކަށް ކުރިމަތިލާ ފަރާތްތަކަކީ 16-30 އަހަރާއި ދެމެދުގެ މީހުންނަށް ވާން ޖެހޭއިރު ތައުލީ ފެންވަރުގެ ގޮތުގައި ބަލަނީ ކޮލިފިކޭޝަން އޮތޯރިޓީ ގަބޫލު ކުރާ ލެވެލް 2 ސެޓްފިކެޓް ފުރިހަމަކޮށްފައި ވުން ނުވަތަ އޯލެވެލް ފުރިހަމަކޮށްފައި ވުމެވެ. މި މަގާމުތަކަށް މީހުން ހޮވުމުގައި ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް އިސްކަން ދޭނެ އެވެ.

މި މަގާމުތަކަށް ކުރިމަތިލުމުގެ އެންމެ ފަހުގެ ތާރީހަކީ މިމަހުގެ 30 ވަނަ ދުވަހެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް