ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންގެ ތެރެއިން އިތުރު 15 ކެނޑިޑޭޓެއްގެ ނަން އަނބުރާ ގެންގޮސްފި އެވެ. މިއާއެކު ނަން އަނބުރާ ގެންދިޔަ ކެނޑިޑޭޓުން ޖުމްލަ އަދަދަކީ 83 އެވެ.
މިފަހަރު ނަން ގެންދިޔަ ކެންޑިޑޭޓުންގެ ތެރެއިން ފަސް ކެންޑިޑޭޓުންނަކީ ކައުންސިލް އިންތިހާބުގެ އަންހެނުންނަށް ހާއްސަ ގޮނޑިއަށް ކުރިމަތިލި ކެނޑިޑޭޓުން ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ވަނީ ބުނެފަ އެވެ. އަދި އަށް ކެނޑިޑޭޓުންނަކީ ކައުންސިލަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންނަށް ވާއިރު ބާކީ ދެ ކެނޑިޑޭޓުންނަކީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ކުރިމަތިލާފައިވާ ދެ ކެނޑިޑޭޓުން ކަމަށް އީސީއިން ބުނެ އެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ގާނޫނު 2020ގެ ތިންވަނަ މާއްދާގެ (ށ) ދަށުން، ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ ޖޫން މަހުގެ 23 ގައެވެ. އުންސިލް އިންތިހާބުން ޖުމްލަ 83 ކެނޑިޑޭޓެއްގެ ނަން މިހާރު ނަގާފައިވާއިރު އެއާއެކު ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ގޮތުގައި މިވަގުތު ތިބީ 2،307 މީހެކެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބުގައި ވާދަކުރާ 1785 ފަރާތެކެވެ.
ކޮވިޑް-19އިގެ ބަލިމަޑުކަމާ ހެދި ކައުންސިލް އިންތިހާބު ވަނީ ދެ ފަހަރެއްގެ މަތިން ފަސްކޮށްފަ އެވެ. މިހާރު ކައުންސިލް އިންތިހާބު ބާއްވަން ހަމަޖެހިފައިވަނީ މާޗު ހަ ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް