އިނގިރޭސިވިލާތުގެ ފެޝަން ކައުންސިލް އެމްބަސެޑަރަކަށް ޕްރިޔަންކާ ޗޯޕްރާ

އިނގިރޭސިވިލާތުގެ ފެޝަން ކައުންސިލްގެ އެމްބެސެޑަރަކަށް ހޮލީވުޑް އަދި ބޮލީވުޑްގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާ ހަމަޖައްސައިފި އެވެ. އެ މަގާމާއި ހަވާލުވިކަން ޕްރިޔަންކާ ވަނީ އޭނާގެ ރަސްމީ ޓުވިޓާ އާއި އިންސްޓ...

19 Nov 2020 | 05:44

އިނގިރޭސިވިލާތުގެ ފެޝަން ކައުންސިލްގެ އެމްބެސެޑަރަކަށް ހޮލީވުޑް އަދި ބޮލީވުޑްގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާ ހަމަޖައްސައިފި އެވެ.

އެ މަގާމާއި ހަވާލުވިކަން ޕްރިޔަންކާ ވަނީ އޭނާގެ ރަސްމީ ޓުވިޓާ އާއި އިންސްޓަގްރާމް އެކައުންޓުގައި ހާމަކޮށްފައި އެވެ.


[poll id="4"]


މި މަގާމާއި ހަވާލުވުމުން ކުރިޔަށް އޮތް އަހަރެއްހާ ދުވަހު އޭނާ ގިނައިން މަސައްކަތް ކުރަން ޖެހެނީ އިނގިރޭސިވިލާތުގައި އެވެ.

ޕްރިޔަންކާ ބުނީ ފެޝަން ދާއިރާއަކީ އަބަދުވެސް ވަރަށް ގަޔާވާ ދާއިރާއެއް ކަމަށެވެ. އަދި އޭނާ ގަބޫލުކުރާގޮތުގައި އެކި ގައުމުތަކުގެ ދެމެދުގައިވާ ގުޅުން ވަރުގަދަ ކުރުމަށް އެގައުމުތަކުގެ އާދަކާދަ ވަރަށްބޮޑު ރޯލެއް އަދާކުރެއެވެ.

އެމްބެސެޑަރުގެ ޒިންމާ އެންމެ ފުރިހަމަ ގޮތުގައި އަދާ ކުރަން މަސައްކަތް ކުރާނެ ކަމަށް ބުނެފައިވެ އެވެ.

ޕްރިޔަންކާގެ ކުރިއަށްހުރި ފިލްމުތަކުގެ ތެރޭގައި ދަ މެޓްރިކްސް 4، ދަ ވައިޓް ޓައިގާ އަދި ވީކޭންބީ ހީރޯސް ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް