ބޮލީވުޑްގެ ބަތަލް ސަލްމާން ހާންގެ މުވައްޒަފުންތަކެއް ކޯވިޑް-19 އަށް ޕޮސިޓިވްވުމުން އައިސޮލޭޓް ވާން ޖެހިއްޖެ އެވެ.
ރިޕޯޓުތައް ބުނާގޮތުގައި ކޯވިޑަށް ޕޮސިޓިވްވެފައިވަނީ ސަލްމާންގެ ކާރު ޑްރައިވަރާއި ގޭގައި މަސައްކަތް ކުރާ ދެ މުވައްޒަފެކެވެ. އެ ތިން މުވައްޒަފުންނަށް ބޮމްބޭ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ދަނީ ފަރުވާ ދެމުންނެވެ.
[poll id="4"]
މުވައްޒަފުން ޕޮސިޓިވްވުމުން ސަލްމާންގެ މުޅި އާއިލާ އައިސޮލޭޝަންގައި ތިބެން ޖެހިފައިވާއިރު އެ އާއިލާ ދިޔައީ އޭނާގެ މައިންބަފައިން ކަމަށްވާ ސާލިމް ހާން އާއި ސަލްމާ ހާންގެ ކައިވެނީގެ އަހަރީ ދުވަސް ކުލަގަދަކޮށް ފާހަގަ ކުރުމަށް ތައްޔާރުވަމުންނެވެ. އެކަމަކު އެ ހަފްލާ މިހާރު ވަނީ ކެންސަލް ކޮށްފައި އެވެ.
ސަލްމާން އައިލޭޓް ވާން ޖެހިފައިވާއިރު އޭނާ ހުށަހަޅައިދޭ އިންޑިއާގެ މަޝްހޫރު ރިއަލިޓީ ޝީ "ބިގް ބޮސް 14" ގެ މި ހަފްތާގެ އެޕިސޯޑުތަކުގައި އޭނާ ފެނިގެންދާނެ ގޮތާއި މެދު އާންމުން ދަނީ ސުވާލު ކުރަމުންނެވެ.
އަދި ސަލްމާން އައިސޮލޭޝަން ވާން ޖެހިފައި މިވަނީ ކޯވިޑާއި ހެދި ފިލްމުގެ ޝޫޓިން ކުރިޔަށް ނުގެންދެވިގެން ހުއްޓާލާފައި އޮތް އޭނާގެ ފިލްމު "ރާދޭ" ގެ ޝޫޓިން ފެށީތަނާހެންނެވެ. މި ފިލްމުގައި އޭނާ އާއި އެކު ފެނިގެންދާނީ ދިޝާ ޕަޓާނީ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް