ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި އެކު މާލޭ މަގުމަތިން މީހަކު ހައްޔަރު ކޮށްފި

ފުލުހުން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި އެކު މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ މި އޮޕަރޭޝަނަކީ ފުލުހުންގެ އިންޓެލިޖެންސްއަށް ލިބުނު މައުލޫމާތަކާއި ގުޅިގެން...

19 Nov 2020 | 05:17

ފުލުހުން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި އެކު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަނަކީ ފުލުހުންގެ އިންޓެލިޖެންސްއަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ. މި މައްސަލައިގަ ހައްޔަރުކޮށްފައިވަނީ އުމުރުން 35 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އެމީހާ އަތުން އަތުލައިގަތީ ކިހާ އަދަދެއްގެ މަސްތުވާތަކެއްޗެއް ކަމެއް އަދި ހާމައެއް ނުކުރެ އެވެ. ފުލުހުން ބުނީ އެމީހާ ބަލައި ފާސްކޮށް މަސްތުވާތަކެތި އަޅާފައި ހުރި ބޮޑު ދެ ރަބަރު ޕެކެޓު ހޯދާފައިވާ ކަމަށެވެ.

މި މައްސަަލަ އާއި ގުޅޭ އިތުރު ތަފްސީލް ހާމައެއް ނުކުރެ އެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ އިއްޔެ އެވެ.

ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް