ދުވާލަކު ފަސް ތަށި ކޮފީ ބޯ މީހާ ހިތުގެ ބަލިތަކުން ސަލާމަތްވުމުގެ ފުރުސަތު ބޮޑު: ދިރާސާ

ކޮފީ އަކީ ވަރަށް ގިނަ ބައެއްގެ ފޭވަރިޓެކެވެ. ކޮންމެ ދުވަހަކުވެސް ހެނދުނު ތެދުވެ އެންމެ ފުރަތަމަ ވެސް ބޯލާނީ ކޮފީއެކެވެ. އަދި ހެނދުނު ސައި ބުއިމައްފަހުވެސް މެންދުރު ކެމައް ފަހުވެސް ކޮފީއެއް ބޯނުލާ ހިން...

19 Nov 2020 | 05:14

ކޮފީ އަކީ ވަރަށް ގިނަ ބައެއްގެ ފޭވަރިޓެކެވެ. ކޮންމެ ދުވަހަކުވެސް ހެނދުނު ތެދުވެ އެންމެ ފުރަތަމަ ވެސް ބޯލާނީ ކޮފީއެކެވެ. އަދި ހެނދުނު ސައި ބުއިމައްފަހުވެސް މެންދުރު ކެމައް ފަހުވެސް ކޮފީއެއް ބޯނުލާ ހިންހަމަ ނުޖެހޭ މީހުން ގިނައެވެ. ކަމަކާއި މަސްވަރާ ކޮށްލިޔަސް ކަމެއް ރޭވިޔަސް ކޮފީއާ ނުލައެއް އެކަމެއް ނުވެއެވެ.

ނަމަވެސް ގިނަ ބަޔަކު ދެކޭ ގޮތުގައި ކޮފީ އަކީ އޭގެ ފައިދާތަކަށް ވުރެ ބޮޑަށް އޭގެ ގެއްކުން ޔތަކަށް މަޝްހޫރުވެފައި އޮންނަ ބުއިމެކެވެ. ނަމަވެސް ކޮފީ ބޮއެ ބޮއެގެން އޭގެން ވާނެ އެއްވެސް ގެއްލުމެއް ނެތް ކަމަށް ގިނަ ދިރާސާތަކުން ވަނީ ދައްކާފައެވެ.

ސައިންސާއި ދިރާސާތަކުގެ އަލީގައި ކޮފީގެ ފައިދާތަކަށް ބަލާއިރު، ކޮފީގެ މިންވަރެއް ގަވާއިދުން ކޮންމެ ދުވަހަކު ބޯ މީހާ އަށް ހިތުގެ މައްސަލަތައް ދިމާވާ ނިސްބަތް ދަށްކޮށްލެވޭނެ ކަމަށް ސިއްހީ ހުރިހާ ތަޖުރިބާކާރުން ބުނެ އެވެ. މިކަން ބެލުމަށް ހިންގާފައިވާ ދިރާސާތަކުން އެނގިފައި ވަނީ ދުވާލެއްގެ މައްޗަށް ފަސް ތަށީގެ ކޮފީ ގަވާއިދުން ބޯ މީހާ ހިތުގެ ބަލިތަކުން ސަލާމަތްވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ.

ނަމަވެސް ކޮންމެ ދުވަހަކު ފަސް ތައްޓަށް ވުރެ ގިނައިން ކޮފީ ބޯ ނަމަ ނަތީޖާ އަނެއްކޮޅަށް ނުކުތުމުގެ ބިރު ވެސް އެބައޮތެވެ.

ގަވާއިދުން ކޮފީ ބޯ މީހުންނާއި އެއްގޮތަކަށް ވެސް ކޮފީ ނުބޯ މީހުން އެއްކޮށްގެން ކުރިއަށް ގެންގޮސްފައިވާ ދިރާސާތަކުން އެނގިފައިވާ ގޮތުން އެއްވެސް ވަރަކަށް ކޮފީ ނުބޯ މީހާ އަށް ސްޓްރޯކެއް ޖެހުމަށް އޮންނަ ފުރުސަތަށް ވުރެ، ގަވާއިދުން ކޮފީ ބޯ މީހާ އަށް ސްޓްރޯކެއް ޖެހުމުގެ ފުރުސަތު ވަރަށް ދަށްވެ އެވެ. ގަވާއިދުން ދުވާލެއްގެ މައްޗަށް "ދެ ކޮފީ" ނުވަތަ "ހަ ކޮފީ" ބޯ މީހާ އަށް ސިއްހީ ފަސޭހަތައް ގިނަ ގުނަ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

މިއީ އުމުރު ދުވަހަށް އެ ބައްޔަކާ އެކު އުޅެން ޖެހިދާނެ ބައްޔެކެވެ. ޓައިޕް 2 ޑައިބެޓީސް އަކީ ހަކުރު ބަލީގެ އެންމެ އާންމު ވައްތަރެވެ. މިއީ އިންސުލިން އަށް ބަރޯސާވާން ނުޖެހޭ ވައްތަރެވެ.

ދިރާސާތަކުން އެނގިފައިވާ ގޮތުން ކޮފީ އިން މި ބައްޔަށް ބޮޑު ފަރުވާއެއް ހޯދިދާނެ އެވެ. އެގޮތުން ދުވާލެއްގެ މައްޗަށް ކެފިނޭޓެޑް ނުވަތަ ޑީކެފިނޭޓެޑް ކޮފީގެ ހަ ތަށި ނުވަތަ ހަތް ތަށި ގަވާއިދުން ބޯ މީހާ އަށް ޓައިޕް 2 ޑައިބެޓީސްގެ ނުރައްކާ ތިން ގުނަ އަށް ކުޑަކޮށްދެ އެވެ. އަދި ގަވާއިދުން ކޮފީ ބޯ ނަމަ މި ބަލީގެ ނުރައްކާ އެއްކޮށް ކެނޑިގެންދާ ކަމަށް ވެސް ދިރާސާތަކުން އެނގިފައި އެބަހުއްޓެވެ.

ސައިންސްވެރިން ބުނަނީ ދުވާލެއްގެ މައްޗަށް ދެ ތަށި ކޮފީ ގަވާއިދުން ބޯ މީހާ އަށް ފުރަމޭގެ ކެންސަރު ޖެހުމުގެ ބިރު 40 ޕަސެންޓަށް ދަށްކޮށްދޭ ކަމަށެވެ.

މީގެ އިތުރުން އުރަމަތީގެ ކެންސަރާއި ޕްރޮސްޓޭޓް ކެންސަރާ ދެކޮޅަށް ވެސް ކޮފީ ރަނގަޅު ކަމަށް ބުނެވެ އެވެ. އަދި ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ފުއްޕާމެ އަށް ގެއްލުން ލިބިފައިވާ މީހާ ފުއްޕާމޭގެ ކެންސަރުން ސަލާމަތްކުރުމުގައި ވެސް ކޮފީގެ ދައުރު ބޮޑު ކަމަށް ސައިންސް ވެރިން ބުނެއެވެ.

ޕާކިންސަން ޑިޒީސް ނުވަތަ ތުރުތުރުއަޅާ ބަލި އާއި އުމުރުން ދުވަސްވެގެން ކުރިމަތިވާ އެހެން ބަލިތަކާ ދެކޮޅަށް ވެސް ކޮފީ އިން ފަރުވާ ހޯދިދާނެ ކަމަށް ސިއްޚީ ތަޖުރިބާކާރުން ބުނެ އެވެ. ގަވާއިދުން ކޮފީ ބޮއެގެން އަލްޒެއިމާ ބަލީގެ ނުރައްކާ ވެސް ކުޑަކުރެވޭ ކަމަށް ދިރާސާތަކުން އެނގިފައިވެ އެވެ.

ކޮރެއާގައި ކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި މޭގެ ކެންސަރު، ލޭމައްޗަށްދިއުން ލޭހޮޅިތަކުގައި ސަރުބީ ޖެހުމުގެ މައްސަލަތަކަށް ވެސް ދުވާލަކު 3 ނޫނީ5 ތަށި ކޮފީ ބޯ މީހުންގެ ތެރެއިން 80 އިންސައްތަ މީހުން ދުރުވުމަށް އެހީތެރިވެދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް