ދަގަނޑޭއާއި ގުޔެން ވާދަކުރާ ސެމީފައިނަލަށް ވޯޓުލުމުގެ ފުރުސަތު ހުޅުވާލައިފި

އޭޝިއާގެ ފުޓުބޯޅައިގެ މައި އިދާރާ އޭއެފްސީން ހުޅުވާލައިގެން މިހާރު ކުރިއަށް ގެންދާ އޭއެފްސީ ބްރެކެޓް ޗެލެންޖް ގެ ސެމީފައިނަލުގައިި ރާއްޖޭގެ ތަރި އަލީ އަޝްފާގު (ދަގަނޑޭ) އާއި ވިއެޓްނާމުގެ ގުޔެން ގުއެން...

19 Nov 2020 | 04:45

އޭޝިއާގެ ފުޓުބޯޅައިގެ މައި އިދާރާ އޭއެފްސީން ހުޅުވާލައިގެން މިހާރު ކުރިއަށް ގެންދާ އޭއެފްސީ ބްރެކެޓް ޗެލެންޖް ގެ ސެމީފައިނަލުގައިި ރާއްޖޭގެ ތަރި އަލީ އަޝްފާގު (ދަގަނޑޭ) އާއި ވިއެޓްނާމުގެ ގުޔެން ގުއެންގް ވާދަކުރާ ސެމީފަނަލް ބުރުގެ ވޯޓުލުން ހުޅުވާލައިފިއެވެ.

އޭއެފްސީ ބްރެކެޓް ޗެލެންޖް ގެ ސެމީފައިނަލުގައިި ރާއްޖޭގެ ތަރި އަލީ އަޝްފާގު (ދަގަނޑޭ) އާއި ވިއެޓްނާމުގެ ގުޔެން ގުއެންގް ވާދަކުރާ ސެމީފަނަލް ބުރުގެ ވޯޓުލުމަށް ހުޅުވާލިއިރު، މި ދެ ކުޅުންތެރިންނަށް ވޯޓުހޯދުމަށް ސޯޝަލް މީޑިއާގައި ހާއްސަ ކެމްޕޭނެއްވެސް ވަނީ ފަށާފައެވެ. އެގޮތުން ކޮންމެ ގައުމަކުންވެސް އެ ގައުމަކަށް ނިސްބަތްވާ ކުޅުންތެރިންނަށް ވޯޓު އިތުރުކުރުމަށް އެ ޤައުމުގެ މީޑިއާތަކާއި ކުޅިވަރު ވެބްސައިޓުތައް މެދުވެރިކޮށް ގިނަ ހަރަކާތްތަކެއް ދަނީ ހިންގަމުންނެވެ.

ސެމީފައިނަލުގެ ފުރަތަމަ ޗެލެންޖުގައި ވާދަކުރަނީ މެލޭޝިއާގެ ސަފާވީ ރާޝިދް އާއި ހޮންކޮންގެ ޗަން ސިއު ކީ އެވެ. މި ޗެލެންޖަށް ވޯޓުލުމުގެ ފުރުސަތު އިއްޔެ ވަނީ ހުޅުވާލާނެއެވެ. މި ޗެލެންޖުގެ ސެމީފައިނަލުގައި ވާދަކުރާ ގައުމުތަކަކީ ރާއްޖޭއާއި ހޮންކޮން އާއި މެލޭޝިއާގެ އިތުރުން ވިއެޓްނާމް އެވެ.

އޭއެފްސީ ބްރެކެޓް ޗެލެންޖްގެ ސެމީފައިނަލުގައި ރާއްޖޭގެ އަލީ އަޝްފާގު (ދަގަނޑޭ) އާއި ވިއެޓްނާމުގެ ގުޔެން ގުއެންޑް ހައި ވާދަކުރާ މި ޗެލެންޖުގެ ވޯޓުލުމުގެ ފުރުސަތު އަންނަ ބުރާސްފަތި ދުވަހު ހުޅުވާލާއިރު، އަލީ އަަޝްފާގަށް ވޯޓުލާން ބޭނުންވާ ފަރާތްތަކުން ” އޭއެފްސީގެ ވެބްސައިޓް “ މެދުވެރިކޮށް ވޯޓުލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މި ޗެލެންޖުގެ ކުއާޓަ ފައިނަލުގައިވެސް ދަގަނޑޭ ވާދަކޮށްފައިވަނީ ވިއެޓްނާމުގެ ކުޅުންތެރިއަކާއެވެ. އެއީ ގުޔެން ވެން ގުޔެޓްއެވެ. އޭނާއާއި ވާދަކޮށް ދަގަނޑޭ ކާމިޔާބުކުރީ ވަރަށް ކުޑަ ތަފާތަކުންނެވެ. މި ވޯޓުގައި ދަގަނޑޭއަށް ލިބުނީ 51.45 އިންސައްތަ ވޯޓެވެ. އަދި ވިއެޓްނާމުގެ ގުޔެން ވެން ގުޔެތް އަށް ލިބުނީ 48.55 އިންސައްތަ ވޯޓެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް